ENGLISH
10 އޭޕްރީލު 2025
ގައުމީ ބީޗް ވޮލީބޯލްގެ އަންހެން ޑިވިޝަން ކާމިޔާބުކުރީ ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާ
27 ނޮވެމްބަރު 2024
|
ހައްވާ ރާޝިދާ (ވ) އާއި އައިޝަތު މާޖިދާ / ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން
ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާ ކާމިޔާބުކޮށްފި އެވެ.
މި ޕެއާ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ފާތިމަތު ޒީނިއާ އާއި އައިމިނަތު އަރީޝާގެ ޕެއާ އާއި ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-18, 21-17 އަދި 15-12 އިންނެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދަނީ ހުޅުމާލެ ޔޫތު ޕާކު ބީޗް ވޮލީބޯލް ކޯޓުގައެވެ.
ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދާފައިވަނީ އަނާލް އާއި އަލްޔާގެ ޕެއާއެވެ.