ENGLISH

05 ޖުލައި 2025

Advertisement

މޫދަށް އެރިއުޅުނު މީހެއްގެ ގައިގަ އުޅަނދަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި

27 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން އަނިޔާތަކާއެކު ފެނުނު މީހާ މޫދުން ނަގަނީ

ދަރުމަވަންތަ އާއި ދިމާ މޫދަށް އެރި އުޅުނު މީހެއްގައިގަ އުޅަނދަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. 

ފުލުހުން ހާމަކުރެއްވި ގޮތުގައި ޒަހަމްތަކަކާއެކު މޫދުން ނެގި މީހާ އަކީ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ މިހާރު ވަނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަދި އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ބުންޏެވެ. 

އަނިޔާތަކާ އެކު މޫދުގައި އޮތް މީހަކު އެއްގަމަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ

މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު