ENGLISH

10 އޭޕްރީލު 2025

Advertisement

ޤައުމީ އަންހެން ޓެނިސް ޓީމް އިރާޤު ބަލިކޮށްފި

27 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

މުބާރާތުގެ މެޗެއް ފެށުމުގެ ތެރެއިން / ފޮޓޯ: ޓެނިސް އެސޯސިއޭޝަން މޯލްޑިވްސް

ބިލީޖީން ކިންގް ކަޕުގެ އޭޝިއާ އަދި އޯޝޭނިއާ ގުރޫޕް ތިނެއްގައި އިރާޤާއި ބައްދަލުކުރި މެޗުން 0-3 ގެ ނަތީޖާއަކުން ރާއްޖެ ކުރިއެރުން ހޯދައިފި އެވެ. މި މުބާރާތް ކުރިއަށްދަނީ ބަހްރެއިނުގަ އެވެ.

0-6 އަދި 3-6 ގެ ނަތީޖާއިން މިމަހު 25 ވަނަ ދުވަހު ރާއްޖޭގެ ލަޔާން ޝާމިން ވަނީ ޒ.ހަލީލް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މިއީ މި މެޗުގެ ފުރަތަމަ ގޭމެވެ.  އަދި ދެވަނަ ގޭމް ވާދަވެރިކޮށް ދިޔައިރު، ރާއްޖޭގެ އާރާ އާސާލް އާޒިމް މިގޭމް ކާމިޔާބު ކުރީ 2-6 އަދި 1-6 ގެ ނަތީޖާ އަކުންނެވެ.

ރާއްޖޭގެ ޕެއަރ، ނަޔާރާ އާއި އާރާ އާސާލް މި މެޗުގެ ތިން ވަނަ ގޭމުގައި އިރާޤުގެ ހަލީލް އާއި ހަސަނާއި ވާދަކޮށް 2-6 އަދި 0-6 ގެ ނަތީޖާއަކުން ގޭމް ނަގާފައިވެ އެވެ.  

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ އާރާ އާއި، ލަޔާން ޝާމިންގެ އިތުރުން ނަޔާރާ އުސާމާ އަލީ އަދި މަންހާ މުޙައްމަދެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ 3 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު