ENGLISH
05 ޖުލައި 2025
މަޖިލިހުގެ ހިނގަމުން މިދާ ދައުރުގެ މުއްދަތު އިތުރުކުރަނީ
27 ނޮވެމްބަރު 2024
|
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުން މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން ހުށަހަޅާ ހުށާހެޅުމެއްގެ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވިދާޅުވީ ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު އިތުރުކުރަން ގަސްދުކުރައްވާ ކަމަށެވެ.
"މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު އަޅުގަނޑު ގަސްތު ކުރަނީ 15 ޑިސެމްބަރު 2024ގެ ނިޔަލަށް މި ދައުރު އިތުރު ކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ވޯޓަށް އެހުމަށް، " - މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިީ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި މިކަމަށް ވޯޓަށް އެހުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަން މަޖިލީހުގެ ރައީސް އިއުލާނު ކުރެއްވި ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.