ENGLISH

29 އޮކްޓޯބަރު 2025

Advertisement

ފުވައްމުލަކު އެއާޕޯރޓް ފެންސްމަތީން އަރަން އުޅުނު ތިން މީހަކު ހައްޔަރު ކޮށްފި

05 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ފުވައްމުލަކު ސިޓީ އެއާޕޯރޓް

ފުވައްމުލަކު ސިޓީ އެއާޕޯރޓް ފެންސްމަތީން އަރަން އުޅުނު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ފުވައްމުލަކު ސިޓީ އެއާޕޯރޓް ފެންސްމަތީން އަރަން އުޅުނު ބަޔަކު ހުއްޓުވަން އެއާޕޯޓްގެ ސެކިއުރިޓީ މުވައްޒިފުން މަަސައްކަތް ކުރުމުން ހަމަލާދީ މާރާމަރީ ހިންގާފައިވާ ކަމަށެވެ.

އެ މާރާމާރީ ހިނގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ފަތިހު 4:05 ހާއިރު އެވެ. 

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު