ENGLISH

05 ޖުލައި 2025

Advertisement

ތަޖިކިސްތާނަށް 30 ދުވަހުގެ ވިސާ ފުރީވާ އެއްބަސްވުމެއް

27 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ރާއްޖޭގެ ފަރާތުން އ.ދ އަށް ކަނޑާއަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙަައްމަދާއި (ވ) ތަޖިކިސްތާން ސަރުކާރުން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ހިކްމަތު ޖޮނިބެކް އިސްމޮއިލް އެއްބަސްވުމުގައި ސޮއި ކުރައްވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ރާއްޖެއާއި ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިއަދު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ރާއްޖޭގެ ފަރާތުން އ.ދ އަށް ކަނޑާއަޅުއްވާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙަައްމަދާއި ތަޖިކިސްތާން ސަރުކާރުން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނިއުޔޯކް ސިޓީގަ އެވެ. 

މި އެއްބަސްވުމުގެ ދަށުން ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރު ކުރުމަށް އޮންނަ އުސޫލު ރަސްމީވާނެ ކަމަށްވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު