ENGLISH
29 އޮކްޓޯބަރު 2025
ބޮޑު ކާމިޔާބެއް؛ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ %49 ކުދިން މަތީ ސާނަވީއާ ގުޅިއްޖެ
05 އޮކްޓޯބަރު 2025
|
މަަތީ ސާނަވީ ހާސިލުކުރާ ކުދިން އިތުރުކުރުމަކީ ސަަރުކާރުގެ މުހިއްމު އަމާޒެއް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސާނަވީ އިމްތިހާނު ނިންމުމަށްފަހު މަތީ ސާނަވީ މަރުހަލާއާ ގުޅޭ ދަރިވަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެެއްގެ ގޮތުން މި އަހަރު ސާނަވީ ތައުލީމު ފުރިހަމަކުރި ދަރިވަރުންގެ %49 ދަރިވަރުން މަތީ ސާނަވީއާ ގުޅިފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު ފޭސްބުކުގައި ޝާއިއުކުރެއްވި ލިޔުމެއްގަައި ވިދާޅުވެފައިވަނީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި ކިޔަވާ މިންވަރު އިތުރުކޮށް، ހުނަރުވެރި އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކާމިޔާބުތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރު ސާނަވީ ތައުލީމު ނިންމި 6،700 ދަރިވަރުންގެ ތެރެއިން މަތީ ސާނަަވީއާ ގުޅުނީ 2،100 ދަރިވަރުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ އެ އަހަރު ސާނަވީ ނިންމި ދަރިވަރުންގެ 31 އިންސައްތަ ކަމަށެވެ. ނަމަަވެސް 2025 ވަނަ އަހަރު ސާނަވީ ތައުލީމު ފުރިހަމަކުރި 6،500 ކުދިންގެ ތެރެއިން 3،200 ކުދިން މަތީ ސާނަވީ މަރުހަލާއާ ގުޅިފައިވާކަމަށާއި، އެއީ މި އަހަރު ސާނަވީ ތައުލީމު ފުރިހަމަކުރި ދަރިވަރުންގެ 49 އިންސައްތަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި އަހަރު މަތީ ސާނަވީއާ ގުޅުނު ދަރިވަރުންގެ އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު 18 އިންސައްތަ އިތުރުވެފައިވެއެވެ.
އެކަޑެމިކް މާއްދާތައް މަތީ ސާނަވީގައި ކިޔެވުމަށް އޮންނަ ފުރުސަތުގެ އިތުރަށް މިހާރު ސަރުކާރުންވަނީ މާލޭގައި ވޮކޭޝަނަލް ހައި ސްކޫލެއް ހުޅުވައި، މަސައްކަތްތެރިކަމުގެ ދާައިރާތަކުން މަތީ ސާނަވީ ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ. އެ ސްކޫލުގައި ކިޔަވަން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ސަރުކާރުންވަނީ ހުޅުވާލާފައެވެ.
މިނިސްޓަރު ފާހަގަކުރެއްވީ ވޮކޭޝަނަަލް ދާއިރާއިން މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ބޭނުންވާނަމަ ޔުނިވަސިޓީއަކުން ޑިގުރީއަށް ނުވަތަަ ޑިޕްލޮމާއަށް ކިޔެވޭނެއެވެ. އަދި ބޭނުންވާނަމަ ވަޒީފާގެ ބާޒާރަށް ނުކުމެ މަސައްކަތް ކުރުމުގެ ފުރުސަތުވެސް ފަހިވާނެއެވެ. އަދި އެކަޑެމިކް ޕެތަށްވުރެ ވޮކޭޝަނަލް ޕެތުން ލިބޭ ފުރުސަތުތައް މަދުނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު އެދިވަޑައިގަތީ ދަރިވަރުން އެ ފުރުސަތުގެ ބޭނުން ހިފުމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުންދަނީ މަތީ ސާނަވީގެ ފުރުސަތު ތިން މަގަކުން ފޯރުކޮށްދެމުންނެވެ. އެކަޑެމިކް ޕްތުވޭ ނުވަތަ ސްކޫލަށް ހާޒިރުވެ އެކަޑެމިކް މާއްދާތައް ކިޔެވުމުގެ އިތުރަށް ސްކޫލަށް ހާޒިރުވެ މަސައްކަތްތެރިކަން ދަސްކުރުމުގެ ޕޭތުވޭއާއި، މަސައްކަތުގެ މާހައުލުގެ ތެރެއިން ކަންކަން ދަސްކުރުމުގެ ފުރުސަތާއެކު އެއްވެސް ކުއްޖަކު ބާކީވިޔަނުދިނުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.