ENGLISH

05 ޖުލައި 2025

Advertisement

ވިލާ ކޮލެޖްގައި "ބްރެއިން ލެބް" ހުޅުވައިފި؛ ތާރީޚީ ފެށުމެއް

27 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ވިލާ ކޮލެޖްގެ "ބްރެއިން ލެބް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ވިލާ ކޮލެޖު

"ވީ ވޭވްސް – ބްރެއިން އެންޑް ބިހޭވިއާ ލެބް" ގެ ނަމުގައި ވިލާ ކޮލެޖްގައި ސައިކޮލޮޖީ ލެބެއް ހުޅުވައިފި އެވެ.

ކޮންމެ އަހަރަކު ދުނިޔޭގެ ނަފުސާނީ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލާ ކޮލެޖުން ބާއްވާ "ސައިކޮލޮޖީ ސިމްޕޯޒިޔަމް" ގެ ތެރެއިން ވަނީ މި ލެބް ހުޅުވާފަ އެވެ. މި ލެބް ހުޅުވައިދިނީ ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް، ޑރ. އާފިޔާ އަލީ އެވެ.

ސައިކޮލެޖީ އަދި ކްލިނިކަލް ދާއިރާއިން ފަރުވާ ހޯދާ ފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފަރުވާ ދިނުން ހަރުދަނާ ވެގެންދިއުމަކީ މިފަދަ ލެބެއް ގާއިމްކުރުމުން ލިބިގެންދާނެ ފަސޭހައެއް ކަމުގައި ޑރ. އާފިޔާ އަލީ މި ރަސްމިއްޔާތުގައި ފާހަގަ ކުރިއެވެ.

އިލެކްޓްރޯ އެންސެފަލޯގްރާމް (އީއީޖީ) ބޭނުން ކުރާ ގޮތް ދައްކާލައި، އީއީޖީގެ އެހީގައި ބްރެއިން ވޭވްސް މޮނިޓާ ކުރާ ގޮތާއި، ނިއުރޯ ސައިންސް އަދި ސައިކޮލޮޖީގެ ދާއިރާއިން ދިރާސާގެ މައްޗަށް ބިނާކޮށް، ޑިޕްރެޝަން، އެންޒައިޓީ، އޯޓިޒަމް، އެޓެންޝަން ޑެފިސިޓް ޑިސްއޯޑާސް، އަލްޒައިމާސް، އަދި ޑިމެންޝިއާ ފަދަ ކަންތައްތަކަށް ފަރުވާ ދިނުމަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ކޮލެޖުން ފާހަގަކުރެ އެވެ. 

މިއީ ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ސައިކޮލޮޖީ "ބްރެއިން ލެބް" އެވެ.

ކިޔުންތެރިންގެ ހިޔާލު