ENGLISH
03 އޮކްޓޯބަރު 2025
ސޯލިހްގެ ވެރިކަމުގައި އެޗްޑީސީން 200 މިލިއަންގެ ވައްކަން، އުސޫލާ ޚިލާފަށް ބިން ވެސް ވިއްކި
02 އޮކްޓޯބަރު 2025
|
ކުރީގެ ރައީސް ސޯލިހް އެޗްޑީސީގެ އިވެންޓެއްގައި --
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މިލްކިޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަން ތަޙުޤީޤު ކުރަން އެ ކޯޕަރޭޝަނުން މައްސަލަ ހުށައަޅައިފި އެވެ.
އެޗްޑީސީން މިރޭ ބުނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މިލްކިޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އިދާރާތަކަށް ހުށައަޅާފައިވާ ކަމަށެވެ.
މި ޚިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާނެ ގޮތަށް ބިންތައް ކުއްޔަށް ދިނުން ފަދަ މުޢާމަލާތްތައް ހިންގާފައިވާ ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލު ކަަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަތައް ތަހުޤީޤުކޮށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތަހުޤީޤީ އިދާރާތަަކަށް ހުށައަޅާފައިވާ ކަމަށް މިރޭ އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.