ENGLISH

05 ޖުލައި 2025

Advertisement

އަންނަ އަހަރު ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ: ވަޒީރު

27 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް

އަންނަ އަހަރު ނ. ފޮއްްދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނ. ފޮއްދޫގައި ބަނދަރެއް ނެތުމުން އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ސެޕްޓެމްބަރު 3، 2023 ގައި އެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ ހަވާލުކުރި ކަމަށެވެ. އަދި މަސައްކަތުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 390 ދުވަސް ކަމަށާއި މަސައްކަތުގެ އަގަކީ 53.7 މިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް ބަނދަރުގެ ޑިޒައިނާމެދު މެމްބަރާއި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން އާ ޑިޒައިނެއް ހަދައި ބަދަލުތަކެއް ގެނެވި ފައިނަލް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ކުރިން ރަށުގައި ހެދުމަށް ހަމަޖެހިފައި އޮތީ ޑިޓޭޗް ހާބަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރުގެ ސްކޯޕަކީ 3.5 މީޓަރު ފުންކޮށް ކޮނުން، ނެރު ހަތަރު މީޓަރު ފުންކޮށް ކޮނުން، ބަނދަރުގަ 467 މީޓަރުގެ ވާޓަރު ހިމެނޭހެން 300 މީޓަރު ފުޅާ ބަނދަރެއް، އާންމުކޮށް ރަށްރަށުގައި މިހަދާ ބަނދަރު ގޮތަށް ބަނދަރެއް ހެދުން،" ވަޒީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު