ENGLISH
03 އޮކްޓޯބަރު 2025
ސޯލިހް ސަރުކާރުން ދިވެހި ކުންފުނިތަކަށް ނުދީ ހުރި ފައިސާ ކުރިއަށް އޮތް ފަސް ހަފްތާތެރޭ ދައްކާ ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
02 އޮކްޓޯބަރު 2025
|
ރައީސް މުޢިއްޒު ކެބިނެޓް ބައްދަލްވުމުގައި --
ނޮވެމްބަރު 17, 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތަކަށް ފައިސާދީ ނިންމާނެ ތާރީޚެއް އިޢުލާނު ކުރައްވާ ދިވެހި ވިޔަފާރި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ބޮޑު ތަސައްލީއެއް ހޯއްދަވައި ދެއްވައިފި އެވެ.
އެމަނިކުފާނު އެކަން ޢިއުލާނު ކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ނޮވެމްބަރު 17, 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ދައްކާ ނިންމާނެ ތާރީޚެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ އެ ފައިސާ ދައްކާ ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
".. ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް," ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ދިވެހި ވިޔަފާރިތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ހުރުމެވެ.
މިދިޔަ ސަރުކާރުގައި އެތައް ކުންފުންޏަކަށް އެ ޙާލަތު މެދުވެރިކުރުވި އެވެ. އަދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވުމަށް ފަހު ފައިސާ ނުދީ ހިފަހައްޓާފައި އޮތުމުގެ ސަބަބުން ވަރަށް ގިނަ ކުންފުނިތަކެއް ވަނީ ބަނގުރޫޓް ވުމާއި ހަމައިގަ އެވެ.
އެ ވިޔަފާރިތަކުގެ އަޑު އަހާ ވީހާވެސް އަވަހަށް އެ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.