ENGLISH

03 އޮކްޓޯބަރު 2025

Advertisement

ސްކޭޓްކުރާ ކުދީންނަށް އުފާވެރި ޚަބަރެއް: ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

02 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މާލޭގައި ހަަދަން ނިންމި ސްކޭޓް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު --

މާލޭގައި ހަަދަން ނިންމި ސްކޭޓް އެރީނާގެ ބިންގާ އަޅައިފި އެވެ.

އުސްފަސްގަނޑުގައި ހަދާ ސްކޭޓް އެރީނާގެ ބިންގާ އެޅުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްގެ އިތުރުން ސްކޭޓް ކުރާ ގިނަ އަދަދެއްގެ ކުދީންނާއި އެ ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން ހަދާ ތަނެކެވެ.

ސްކޭޓް އެރީނާގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އާރުސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމް އެވެ.

އާރުސީސީން ބުނި ގޮތުގައި މި އެރީނާގައި ސްޕީޑް ސްކޭޓިންއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ވެސް ހިމެނޭނެ އެވެ.

އެކި ކުޅިވަރުތަކަށް ޚާއްސަ ތަންތަން ބިނާކުރުމާއި ކުޅިވަރު ކުޅުންތެރީންނަށް ފުރުސަތު ހޯދާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ. ސްކޭޓް ކުރުމަކީ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު / ޚާއްސަކޮށް ކުޑަކުދީންނާއި ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު