ENGLISH
03 އޮކްޓޯބަރު 2025
ރާއްޖެއިން ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ހުށަހަޅުއްވައިފި
02 އޮކްޓޯބަރު 2025
|
މަސްއޫދު އިމާދާއި އާޒިމާ، ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ދެ ގައުމަކަށް ނޮން ރެޒިޓެންޓް ސަފީރުން އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާއިރު، މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި ނަންފުޅުތައް ތަޅުމަށް އިއްވާފައިވެއެވެ.
އެގޮތުން ކަޒަކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް އިންޑިޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރު އާއިޝަތު އަޒީމާ އައްޔަންކުރުމަށް ރައީސް ފޮނުއްވިއެވެ.
އޭގެ އިތުރަށް މޮރިޝަސްއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުގެ މަގަމަށް އަވައްޓެރި ސްރީ ލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫ އިމާދު އައްޔަންކުރުމަށްވެސް ރައީސްވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
މި ނަންފުޅުތައް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވަނީ ފޮނުއްވާފައެވެ.