ENGLISH
05 ޖުލައި 2025
ބޭރު ފައިސާގެ ކަންކަން ހަރުދަނާ ކުރަން އާ ބިލެއް އެމްއެމްއޭއިން އެކުލަވާލައި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލަށް ހުޅުވާލައިފި
27 ނޮވެމްބަރު 2024
|
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ.
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާގެ ގަވާއިދު އިތުރަށް ހަރުދަނާ ކުރުމަށް ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކުތަކުން މާރުކުރަން ޖެހޭ ގަވާއިދު ގާނޫނަކަށް ހެދުމަށް ބިލެއް ޑްރާފްޓްކޮށް ކަމާބެހޭ ފަރާތްތަކުގެ ޚިޔާލަށް މިރޭ ހުޅުވާލައިފި އެވެ.
"ބޭރު ފައިސާއާބެހޭ ބިލް" ގެ ނަމުގައި މަރުކަޒީ ބޭންކުން މިރޭ އާއްމު ކުރި އިޢުލާނުގައި ވަނީ ބިލްގެ މައިގަނޑު މަގްސަދަކީ އޮކްޓޯބަރު 1 ގައި އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށް ބަޔާންކޮށްފައެވެ.
"މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބަޔާއި މަންފާއާ ގުޅިފައިވާ ބިލަކަށްވާތީ ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވެއެވެ." އެމްއެމްއޭގެ އިޢުލާނުގައި ބުނެފައިވެއެވެ.
އާއްމުންގެ ޚިޔާލަށް ހުޅުވާލި ބިލްގައިވާ ގޮތުން ވެސް ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ.
"ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކަށް މީލާދީ މަހެއްގެ ރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 (ފަސް ސަތޭކަ) އެމެރިކާ ޑޮލަރުގެ ރޭޓުނ،ް އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދ،ު އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިނ،ް އެ އެސްޓެބްލިޝްމަންޓް ހިންގާ ފަރާތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކަކަށް ދިވެހި ރުފިޔާއަށް މާރުކުރަންވާނެއެވ.ެ" ބިލްގެ 13 ވަނަ މާއްދާގެ ހ. ގައި ބުނެފައިވެއެވެ.
އެ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ "ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 25 (ފަންސަވީސް) އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން، އެ އެސްޓެބްލިޝްމަންޓް ހިންގާ ފަރާތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކަކަށް ދިވެހި ރުފިޔާއަށް މާރުކުރަންވާނެ" ކަމަށެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފައެވެ.
"ވަރަށް ސާފުކޮށް މިދަންނަވަނީ މި ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ. މިއީ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރާ ކަމެއް،" ގަވާއިދަށް އަމަލުކުރަން ބައެއް ރިސޯޓްތަކުގެ ވެރިން ދެކޮޅު ހައްދަވާ މައްސަލައަށް ރައްދު ދެއްވައި ރައީސް ވިދާޅުވިއެވެ.
ޑޮލަރު މާރުކުރުމުގެ ގަވާއިދު ތަންފީޒު ކުރުމުން އާއްމު ރައްޔިތުންނަށް ލިބޭނެ ފަސޭހަތައް ވެސް ރައީސް ވިދާޅުވެދެއްވިއެވެ.
އެމަނިކުފާން ވިދާޅުވީ ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭ ނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށެވެ. އަދި ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެވޭނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.