ENGLISH
29 އޮކްޓޯބަރު 2025
ޙިއްސާދާރުންގެ ފައިސާއަށް އިހްމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ: އެމްޓީސީސީ
01 އޮކްޓޯބަރު 2025
|
އެމްޓީސީސީ ޓަވަރު --
ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލިވި މީހުންނާއެކު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި -- މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން އެކަން ހާމަކޮށް ޕްރެސް ރިލީޒެއް ވަނީ ޢާންމުކޮށްފަ އެވެ. އެ ޕްރެސް ރިލީޒްގައި ބުނެފައި ވަނީ އެމްޓީސީސީ އަކީ ޙިއްސާދާރުންގެ ކުންފުންޏެއް ކަމަށާ ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކުގައި އެ ކުންފުނީގެ ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލުވެފައިވާ ކަމަށް ފެންނާތީ އެކަން ޤަވާއިދުން ތަޙުޤީޤުކޮށް ދެއްވާ އިޙްމާލިވި މީހުންގެ ފަރާތުން މި ފައިސާ ޙިއްސާދާރުންނަށް ހޯދުމަށް އެދިފައިވާނެ ކަމަށެވެ.
މިކަން ތަޙުޤީޤުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ މީހުން ގެނައުމަށްޓަކައި ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެކަން ޙިއްސާދާރުންނަށް ޔަޤީންކޮށްދޭ ކަމަށް ވަނީ ބުނެފަ އެވެ.