ENGLISH

29 އޮކްޓޯބަރު 2025

Advertisement

އެމްއޭސީއެލްގެ އެއިމްއާ އެމްއެންއެސްޑީއޭއާ ދެމެދު ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާއެއް

01 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އެމްއޭސީއެލްގެ އެއިމްއާ އެމްއެންއެސްޑީއޭއާ ދެމެދު ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން --

މޯލްޑިވްސް އެއަރ ޕޯރޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް)، އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި ގުޅިގެން ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާގައި ސޮއިކޮށްފި އެވެ. 

އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެމް.އޭސީއެލްގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ.

"އެއިމް" ވަނީ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި، އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ ޕްރޮވައިޑަރ އެއްގެގޮތުގައި އެމްއެންއެސްޑީއޭގައި ރަޖިސްޓަރީ ކޮށްފަ އެވެ.

މި ފަހުމުނާމާގެ ދަށުން އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް އިންސްޓިޓިއުޓް ބޭސްޑް ތަމްރީނު ދިނުމަށާއި، ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަންގެ ދަށުން ގިނަދުވަހު ޚިދުމަތުގައި ތިއްބެވި ހުނަރުވެރި މުވައްޒަފުން ސަރޓިފައި ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. 

އޭވިއޭޝަން ދާއިރާ އަކީ ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ސިނާއަތަކަށްވާއިރު ރީޖަނަލް އެއަރޕޯރޓްތަކާއި އިންޓަނޭޝަނަލް އެއަރޕޯރޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޤައުމީ ސަނަދު ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ހެދުމަކީ މި ސަރުކާރުގެ މުޙިއްމު އަމާޒެކެވެ

ކިޔުންތެރިންގެ ހިޔާލު