ENGLISH
29 އޮކްޓޯބަރު 2025
ދޮށީ އުމުރުގެ ރައްޔިތުންގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭ: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
01 އޮކްޓޯބަރު 2025
|
ރައީސްގެ ދެކަނބަލުން ދޮށީ އުމުުރުގެ ރައްޔިތަކާ އެކު --
ދޮށީ އުމުރުގެ ރައްޔިތުންގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ހަގީގަތްތައް ދަސްވަނީ ގިނަދުވަހު ދުނިޔެ އުޅެ ލިބޭ ތަޖްރިބާތަކުން ކަމަށެވެ. އަދި ދޮށީ އުމުރުގެ މާމަކާފައިން، މައިންބަފައިން، ދައްތައިން، ބޭބެއިންގެ ހިތްހެޔޮ ސާދާ މިޒާޖާއި، ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އިސްރަށްވެހީންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރާ، އޯގާތެރި މުޖްތަމަޢެއްގެ އަހުލުވެރީން ކަމުގަައި މާތްﷲ ލައްވާށި," ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ވިދާޅުވި އެވެ.
ސަރުކާރުން ދަނީ އިސްރަށްވެހީންނަށް ޚާއްސަ މަރުކަޒުތަކާއި އިސްރަށްވެހީންނަށް ފަހި ފުރުސަތައް ތަނަވަސް ކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މާލެ ހިމެނޭ ގިނަ ރަށްތަކެއްގައި އިސްރަށްވެހީންގެ ނާދީތައް ދަނީ ހަދަމުންނެވެ.