ENGLISH

29 އޮކްޓޯބަރު 2025

Advertisement

ކަނޑުމަތީ އެކްސިޑެންޓުތައް ގިނަވާތީ ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް

01 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ކަނޑުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެމްއެންޑީއެފްއިން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް

ލައިސެންސް ނެތި ކަނޑު ދަތުރުފަތުރުކުރުން ގިނަވެ، ކަނޑުމަަތީ އެކްސިޑެންޓުތައް އިތުރުވަމުންދާތީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޗަނެއް ގައުމީ ދިފާއީ ބާރުން ފަށައިފިއެވެ. 

އެމްއެންޑީއެފްއިން ބުނެފައއިވަނީ މިއަދު ފެށި އޮޕަރޭޝަނަކީ، ކަނޑު އުޅަނދުފަހަރު ދުއްވުމާއި އޮޕަރޭޓްކުރުމުގެ ހުއްދަ ނެތް މީހުން، އެފަދަ އުޅަނދުފަހަރު ދުއްވައި އޮޕަރޭޓުކުރާ މިންވރު އިތުރުވުމާއި، ކަނޑު ދަތުރުފަތުރުކުރުމުގައި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން އިތުރުވަމުންދާކަން ފާހަގަކުރެވިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. 

މިގޮތަށް ލައިސެންސް ނެތް މީހުން ކަނޑު އުޅަނދުފަހަރު ދުއްވުމާއި، ގަވާއިދުގައިވާ ގޮތަށް ސަލާމަތީ ކަންކަން ފުރިހަމަނުކުރުމުގެ ސަބަބުން ކަނޑުމަތީގައި ހިނގާ އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމުގައިވެސް އެ އިދާރާއިން ބުނެފައިވެއެވެ. 

ސިފައިން ބުނެފައިވާ ގޮތުން މި އޮޕަރޭޝަނަކީ މުޅި ރާއްޖޭގައި ހިންގާ އޮޕަރޭޝަނެކެވެ. އަދި މި އޮޕަރޭޝަނުގައި ކަނޑު އުޅަނދުފަހަރުގައި އުޅަނދުތަކާއި ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ނުވަަތަ ނޫންކަން ކަށަވަރުކުރުމާއެކު، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކޮށްފަައިވާ ކަންކަން ފުރިހަމަކޮށްފައިވާކަން ޔަގީންކުރާނެއެވެ. 

އަދި މެރިން ވީއެޗްއެފް ބަލައިފާސްކޮށް އުޅަނދުފަހަރު ދުއްވާ މީހުންގެ އަތުގައި އެފަދަ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ނުވަތަ ހުއްދަ އޮތްކަން ކަށަވަރުކުރާނެ ކަމުގައި އެމްއެންޑީއެފްއިން ބުނެފައިވެއެވެ. 

އެމްއެންޑީއެފް އޭރިއާ ކޮމާންޑުތައް ބައިވެރިވާ އޮޕަރޭޝަނުގެ ތެރެއިން، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުވެސް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުންނެވެ. 

މި އޮޕަރޭޝަނުގެ ތެރެއިން ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާއި ފަސިންޖަރުންނާއި އުޅަނދުފަހަރުގައި އުފުލާ މުދަލުގެ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ފިޔަވަޅު އަޅާފައިނުވާނަމަ، އެ މައްސަލަތައް ބަލައި އިސްލާހުކުރަން ފިޔަވަޅު އެޅުމަށް އަންގާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު