ENGLISH
30 އޮކްޓޯބަރު 2025
ޖުމްހޫރީ މައިދާން ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
30 ސެޕްޓެމްބަރު 2025
|
ޖުމްހޫރީ މައިދާން ތަރައްޤީ ކުުރުމުގެ މަސައްކަތް ކުރަނީ --
ޖުމްހޫރީ މައިދާން ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
ހަފްތާ ބަންދުގައި ވަރަށް ގިނަ ބަޔަކު ހިތްްފަސޭހަކޮށްލަން ދާ ޖުމްހޫރީ މައިދާން ތަރައްޤީ ކުުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ކޯޕަރޭޝަނާއި ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމާއި އެއްގޮތަށް ޖުމްހޫރީ މައިދާން ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސަައްކަތުގެ އަދާހަމަ ހާމަކޮށް އާރުޑީސީން ބުނީ ދުވާރުގެ ގައުތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހިޔާ ކުރެވިފައިވާ ގޮނޑިތައް ހުންނަ ސަރަހައްދު ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ޖުމްހޫރީ މައިދާން ތަރައްޤީ ކުރި ނަމަވެސް މިދިޔަ ފަސް އަހަރު އެ ތަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ އެ މައިދާން ވަނީ މުޅީން ހަލާކުވެފަ އެވެ.
އެހެން ކަމުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ޖުމްހޫރީ މައިދާން ތަަރައްޤީކޮށް ކުރީން އެ ސަރަޙައްދުގައި ހުރި ފެން އަރުވާ ވަޑާން ވެސް ވަނީ އަލުން ހަދާފަ އެވެ. އެ ސަރަޙައްދު އިތުރަށް ތަރައްޤީ ކުރުމަށް ފަހު ވީހާވެސް އަވަހަކަށް ޢާންމުންގެ ބޭނުންތަކަށް ހުޅުވާލަން ދަނީ ތައްޔާރު ވަމުންނެވެ.