ENGLISH

30 އޮކްޓޯބަރު 2025

Advertisement

މިދިޔަ އަހަރުތަކުގައި ވެމްކޯއިން ޤާނޫނަށް ޚިލާފަށް ކޮށްފައި ހުރި މުޢާމަލާތްތައް ބެލުމަށް އިދާރާތަކަށް އެއްބާރުލުން ދީފި

30 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ބައްދަލްވުމެއްގައި --

މިދިޔަ އަހަރުތަކުގައި ވެމްކޯއިން ޤާނޫނަށް ޚިލާފަށް ކޮށްފައި ހުރި މުޢާމަލާތްތައް ބެލުމަށް އިދާރާތަކަށް އެއްބާރުލުން ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެމްކޯ އިން މިއަދު ބުނީ ފާއިތުވެދިޔަ އަހަރުތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓްތަކުން ފާހަގަވެފައިވާ މައްސަލަތަކާއި މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކޮށްފައި ހުރި މުޢާމަލާތްތައް ބެލުމަށް އެ ކުންފުނީގެ އިސްނެގުމަށް މިހާރު ވާނީ ކަމާބެހޭ ތަޙުޤީޤީ އިދާރާތަކަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ މައުލޫމާތެއް ޙިއްސާކޮށްފައި ކަަމަށެވެ. އަދި އެ އިދާރާތަކުން އިތުރަށް ބޭނުންވެގެން އެދިފައިވާ ހުރިހާ މަޢުލޫމާތުތަކެއް ވެސް ފޯރުކޮށްދީ ފުރިހަމަ އެއްބާރުލުން ދީފައި ކަމަށެވެ.

އެ ގޮތުން އޮޑިޓަރު ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެކި މައްސަލަތަކާއި ގުޅުންހުރި ލިޔެކިޔުންތަކާއި އިތުރު މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ވެމްކޯ އިން ބުނީ އެ ކުންފުނިން އަަބަދުވެސް އަންނަނީ ދެފުށް ފެންނަ ވީހާވެސް ހާމަކަން ބޮޑު ގޮތެެއްގައި މިފަދަ ކަންކަމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދެމުން ކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި މިފަދަ މާލީ މައްސަލަތައް ބެލި އެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އަދި ވެމްކާއާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅު އަޅައި ކުށްވެރިވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު