ENGLISH

30 އޮކްޓޯބަރު 2025

Advertisement

މަގުތަކަށް މީހުން ނެރެގެން ކުރަން މިއުޅެނީ ކޮންކަމެއްތޯ ވިސްނާލަން ޖެހޭ: މިނިސްޓަރު އިޙްސާން

30 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރު ޢަލީ އިހްސާން

އިދިކޮޅު ސިޔާސީ ފަރާތްތަކުން މަގުތަކަށް މީހުން ނެރެގެން ކުރަން މި އުޅެނީ ކޮންކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ ސިޔާސީ ފަރާތްތަކުން މަގުތަކަށް މީހުން ނެރެން ގޮވާލާއިރު އެ މީހުންނަށް ފުރުސަތު ލިބުނުއިރު ކަން ކުރިގޮތާއި ކަންކަން ވެގެން ދިޔަ ގޮތް ވިސްނާލަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު އެކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުން ކަމަށެވެ.

އެކަން މި ސަރުކާރުން ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެ ފުރުސަތު މިދިޔަ ފަނަ އަހަރު ލިބުނު ކަމަށާ ނަމަވެސް އެކަން ނުކޮށް ސިޔާސީ ފަރާތްތަކުން މަގުތަކަށް މީހުން ނެރެގެން ކުރަން މި އުޅެނީ ކޮންކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

"އަދި މަގާމުތަކުގައި އެ ބޭފުޅުން ތިއްބެވިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮން ކަމެއްތޯ ސުވާލު ކުރަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ އެ ސުވާލަށް މި ސަރުކާރުގެ ވެރީންނަށް ޖަވާބު ދެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އިދިކޮޅު އެމްޑީޕީން ގެންދަނީ އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރަން ތައްޔާރުވަމުންނެވެ. އެ މުޒާހަރާ ކުރަނީ ކޮރަޕްޝަނާއި ދެކޮޅަށް ކަމަށް ބުނެ އެވެ.

ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހަމައެކަނި ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ 2.2 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ހިންގާފަ އެވެ. އެކަން އޮޑިޓަރު ޖެނެރަލް ނެރުއްވި ފެނަަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓުން ވަނީ ހާމަވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު