ENGLISH

30 އޮކްޓޯބަރު 2025

Advertisement

ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

30 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުން --

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއް ގައި މިއަދު ވަނީ ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ މި އެމްއޯޔޫގެ ދަށުން ގޮނޑުދޮށް ސާފުކުރުމާއި، "މަންސާ" ގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތިންވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މި ހަރަކާތަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނަސަބާތުގައި ފަށާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުމެވެ.

މި ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެ އެވެ. މި އާއިއެކު، އެ ދުވަހުގެ ރޭގަނޑުގައި "މަންސަ" ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ރާވާފައިވެ އެވެ.

މި ހަރަކާތްތަކަކީ ދުނިޔޭގެ އަދި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާތާއި ގުޅިވައިގެން ހިންގާ ހަރަކާތްތަކެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރެވެ. އަދި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ގައިއެވެ. މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ "ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު" މި އެވެ.

ކިޔުންތެރިންގެ ހިޔާލު