ENGLISH
30 އޮކްޓޯބަރު 2025
ޝަންގްރިލާ ހުޅުވުން؛ ހަތަރު އަހަރުން އެމްޑީޕީ ސަރުކާރަށް ނުވި ކަމެއް، ދެ އަހަރުން ނިމުމަކަށް ގެނެސްފި
30 ސެޕްޓެމްބަރު 2025
|
ޝަންގްރިލާ ރިސޯޓު
އައްޑޫ ސިޓީގެ ޝަންގްރިލާ ރިސޯޓަކީ ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެކެވެ. އައްޑޫއަށް މުހިއްމު އިގުތިސާދީ ވަސީލަތެކެވެ. ކޮވިޑް-19ގެ އާލަމީ ވަބާގައި ޝަަންގްރިލާ ރިސޯޓު ބަންދުކުރީ ފަތުރުވެރިކަމަށް އައި ލޮޅުމާއެކު ރިސޯޓު ހިންގޭނެ ގޮތެއް ނެތިގެންނެވެ. އެއިރު ރިސޯޓު ބަންދުވި ގޮތަށް 2023 ވަނަ އަހަރު އެއިރުގެ ސަރުކާރު ބަދަލުވެގެންދިޔައިރުވެސް ރިސޯޓު އޮތީ ނުހުޅުވިއެވެ.
ރިސޯޓު ބަންދުކުރި ދުވަހުން ފެށިގެން އެއިރުގެ ސަރުކާރުން ދެއްކި ވާހަކައަކީ ވަރަށް އަވަހަށް އެ ރިސޯޓު އަލުން ހުޅުވާނެ ކަމުގެ ވާހަކައެވެ. އެކަމަށް ހާއްސަ ސމާލުކަން ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ވާހަކައެވެ. ނަމަަވެސް ނިމިގެންދިޔައިރު އެއިން އެއްވެސް ވާހަކައެއް ހަގީގަތަކަށް ނުވިއެވެ.
2023 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވި ކަމަކީ އައްޑޫގެ ވަޅުޖެހިފައިވާ އިގުތިސާދަށް ދިރުން ލިބޭނެ މަޝްރޫއުތަކެއް ކުރިއަށްގެންދެވުމެވެ. އެގޮތުން އައްޑޫ ހަންކެޑެ މަޝްރޫއުތައް ހިންގެވުމުގެ އިތުރަށް ޝަންގްރިލާ ރިސޯޓު ހުޅުވައިދެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ވެރިކަން ބަދަލުވުމާއެކު އެ މަސައްކަތް ފެށުނެވެ. ޓޫރިޒަމް މިނިސްޓްރީއާއި ޝަންގްރިލާގެ މެދުގައި އެކި ފަހަރު މަތިން މަޝްވަރާ ބައްދަލުވުންތައް ބޭއްވުނެވެ. އެއިން ބައެއް ބައްދަލުވުންތަކުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކާއި، ދެކެވުނު ވާހަކަތަކުން އައްޑޫ ރައްޔިތުންނަށް އުފާވެރި ހަބަރެއް މިވަނީ ލިބިފައެވެ. އެއީ މި އަހަރު ނިމުމުގެ ކުރިން ޝަންގްރިލާ ހުޅުވި އަލުން އޮޕަރޭޝަނަށް ގެނެވޭނެ ހަބަރެވެ. 2020 ވަނަ އަހަރު ޝަންގްރިލާ ބަންދުކުރިއިރު އެތަނުގައި 500 ވަރަަކަށް މީހުން ވަޒީފާ އަދާކުރަމުންދިޔައެވެ. އެހެންކަމުން ޝަންގްރިލާ ހުޅުވުމުން އެ ރިސޯޓުން އުފެދޭ ވަޒީފާގެ ފުރުސަތަކީ އައްޑޫގެ ރައްޔިތުންނަށް ވަރަށް މުހިއްމު ފުރުސަތަކަށް ވާނެއެވެ.
ދިވެހިރާއްޖޭގައި އެއް ސަރަހައްދެއްގައި ވަޒީފާ ނެތް މީހުން ނިސްބަތުން އެންމެ ގިނަ އެއް ސިޓީއަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި ވަޒީފާ ނެތް ޒުވާނުން އިތުރުވާ އެއް ސަބަބަކީ އައްޑޫގައި އިގުތިސާދީ ފުރުސަތުތައް ފުޅާކުރެވިފައި ނެތުމެވެ. އައްޑޫގައި އުފެދިފައި ހުރި އިގުތިސާދީ މަދު ފުރުސަތުތައް ނެތިގެންދިއުމަކީ އިތުރަށް ވަޒީފާ މަދުވާނެ ކަމެކެވެ.
އެހެންކަމުން، ޝަންްގްރިލާ ރިސޯޓު އަލުން ހުޅުވިގެންދިއުމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެކެވެ. އެގޮތުން ރިސޯޓުން އުފެދޭ ވަޒީފާތަަކުގެ އިތުރަށް ރިސޯޓާ ގުޅިގެން އުފެދޭ އެކި އެހެނިހެން ވިޔަފާރިތަކުންވެސް ވަޒީފާގެ ފުރުސަތުތައް އައްޑޫއަށް ފަހިވާނެއެވެ.
އޭގެ އިތުރަށް ޝަންގްރިލާ ފަދަ މަތީ ފަންތީގެ ރިސޯޓެއް އައްޑޫގައި އޮޕަރޭޓުކުރުމަކީ މިހާރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެ، މިހާރުވެސް ދަތުރުކުރަމުންދާ އެއާއިލައިންގެ ފުލައިޓުތައް އިތުރުވާނެ ކަމެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެ ކަމުގެ ހެއްކެކެވެ. އުތުރުން ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ދޮޅަހަަކަށް އަހަރަށްފަހު އެ މަސައްކަތް އަލުން ފައްޓަވައިދެއްވުމާއި، ދެކުނުން ބަންދުވެފައި އޮތް ޝަންގްރިލާ އަލުން ހުޅުވޭނެ މަގުފަހިކޮށްދެއްވުމަކީ ފަތުރުވެރިކަމުގެ މަންފާ ހުރިހާ ދިވެހިންނަށް ލިބޭނެ މަގުފަހިކުރެއްވުމަށް ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ތެރެއިން ހާސިލުވަމުންދާ ކާމިޔާބެވެ.
ރައީސްގެ މި ސިޔާސަތުގެ މަންފާ އައްޑޫ ރައްޔިތުންނަށް ލިބޭނެއެވެ. މި ސިޔާސަތުގެ ސަބަބުން އިގުތިސާދީ ދިރުމާއި އާރޯކަން ބޮޑު ތިލަދުންމަތިން ފެށިގެން އައްޑޫއާ ހަމައަށް އަންނަ މަންޒަރު މާތްﷲގެ ރަހުމަތްފުޅުން އައްޑޫ ރައްޔިތުން ދެކޭނެއެވެ.