ENGLISH

10 އޭޕްރީލު 2025

Advertisement

ރޮނާލްޑޯގެ ސަޅި ދެ ގޯލުން އަލް ނަޞްރަށް މޮޅެއް

26 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ޕޯޗުގީޒުގެ ތަރި ރޮނާލްޑޯ

އޭއެފްސީ ޗެމްޕިއަންޝިޕް ލީގު އެލައިޓްގައި ޤަތަރުގެ އަލް ބައިތު ސްޓޭޓިއަމްގައި އަލް ގަރަފާ އާ ދެކޮޅަށް އަލް ނަޞްރު ކުޅުނު މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖަހައި އަލް ނަޞްރު މޮޅުކޮށްދީފިއެވެ.

ޕޯޗުގީޒުގެ ތަރި ކުޅޭތަން ބަލާލުމަށް 37000 އަށް ވުރެ ގިނަ ފޭނުން އަލް ބައިތު ސްޓޭޑިއަމްއަށް ޖަމާވިއެވެ. މިއީ ރެކޯޑު އަދަދެކެވެ.

ޕޯޗުގީޒުގެ ތަރި ރޮނާލްޑޯ

މި މެޗުގައި އަލް ނަޞްރުން އަލް ގަރަފާ ބަލި ކުރީ 3-1 ންނެވެ. ރޮނާލްޑޯ ވަނީ މެޗުގެ 46 ވަނަ މިނެޓުގަ އާއި 64 ވަނަ މިނެޓުގައި އޭނާގެ ފޭނުން ސިއްސުވައިލާ ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.     

މެޗުގައި އަލް ގަރަފާ އަށް ލަނޑު ކާމިޔާބުކޮށްދިނީ 75 ވަނަ މިނެޓުގައި ޖޮސެލްއެވެ.

ގްރޫޕް ބީގެ ދެވަނައިގައި އަލް ނަޞްރު އޮތީ 13 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ ވާދަވެރި އަލް އަޙްލީ 15 ޕޮއިންޓާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު