ENGLISH
30 އޮކްޓޯބަރު 2025
ޤުރުއާނަށް ރައީސް ދެއްވާ އިސްކަމުގެ ހެކި؛ ގައުމީ ޤުރުއާން މުބާރާތުން މަތީ ވަނަަ ހޯދާ ފަރާތްތަކަށް ރައީސްގެ ސްކޮލާޝިޕެއް
30 ސެޕްޓެމްބަރު 2025
|
36 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ޤައުމީ ޤުރުއާން މުބާރާތުގައި އެކި ގޮފިތަކުން މަތީ ވަނަތައް ހާސިލުކުރާ ބައިވެރިންނަށް ޕީއެޗްޑީއާ ހަމައަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބޭ ހާއްސަ ސްކޮލާޝިޕުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގު ބޮޑު، އަދި އެންމެ ބޮޑެތި އިނާމުތައް ދެވޭ މުބާރާތް ކަމުގައި ހެއްދެވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެމަަނިކުފާނު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޤުރުއާން މުބާރާތަށް އެންމެ ބޮޑު އިނާމާއި ހަދިޔާ ދެއްވަން ބޭނުންފުޅުވަނީ، އެންމެ ބޮޑު ހިތްވަރެއް ދޭންޖެހެނީ، އަދި އެންމެ ބޮޑު އިނާމެއް ދެވެންވާނީ މާތްﷲގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔާ ކެޔެވުމަށް ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ރައީސްވަނީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ޤުރުއާން މުބާރާތުން މަތީ ވަނަތައް ހާސިލުކުރާ ބައިވެރިންނަށް ދެއްވާނެ އިނާމު އިއުލާނުކުރައްވާފއެވެ. އެގޮތުން ޤުރުއާން މުބާރާތުގެ ތިން ބައި ކަމުގައިވާ ބަލައިގެން ކިޔެވުމުގެ ބައާއި، ނުބަލައި ކިޔެވުމުގެ ބައާއި، ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިންނަށް އެ ބައިވެރިޔަކު މަތީ ތައުލީލު ހާސިލުކުރަން ބޭނުން ދާއިރާއަކުން، ޕީއެޗްޑީއާ ހަމައަށް، ބޭނުންވާ ގައުމެއްގެ ޔުނިވަސިޓީއަކުން ތައިލީމު ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕެއް ދެއްވާނެކަން އިއުލާނުކުރެއްވިއެވެ..
ތިން ބައިން އެއްވަނައަށް ދާ ބައިވެރިންނަށް ދެއްވާ ރައީސްގެ ހާއްސަ ސްކޮލާޝިޕުގެ އިތުރަށް ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ މުއައްސަސާއަކށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުގެ ތެރޭގައި 100،000 ރުފިޔާ ހިމެނުއްވުމަށް ރައީސްވަނީ ނިންމަވާފައެވެ.
އޭގެ އިތުރަށް ރައީސް ވިދާޅުވި ގޮތުގައި ޤުރުއާން މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައްވެސް މިހާރު ކުރިއަށްވުރެ ގިނަވެފައި އަގުބޮޑުވާނެ ކަމަށެވެ. އަދި ޤުރުއާން މުބާރާތުގައި ވަނަަތައް ލިބޭ ބައިވެރިންނަށް ދިނުމަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް އަމިއްލަ ފަރާތްތަކަށް ފަހިވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.