ENGLISH

19 ޖޫން 2026

Advertisement

ހުނަވަރު" ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކުންނަށް ވުމުގެ ފުރުސަތެއް

19 ޖޫން 2026

|

އާމިނަތު ނުޒްލާ

މެރިން މެކޭނިމުން ތަމްރީނުކުރުން-- ފޮޓޯ: ޔުނިވާރސަލް ޓެކްނިކަލް އިންސްޓިޓިއުޓް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ، (އެމްޓީސީސީ)ގެ ކުރިއަށް ގެންދާ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ އާފްޓަރސޭލްސް ވޯކްޝޮޕްގައި މަސައްކަތް ކުރުމަށް 10 ފުރުޞަތު ހުޅުވާލާފައިވެއެވެ.

އެމްޓީސީސީން ބުނީ، "ހުނަވަރު" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މެރިން އިންޖީނު މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ޢިލްމާއި ޢަމަލީ ތަޖުރިބާ ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އިންޖިނިއަރިންގ އަދި ސަރވިސް އޮޕަރޭޝަންތަކުގެ ތެރޭގައި އަމަލީ ގޮތުން މަސައްކަތްކޮށް، އެ ދާއިރާތަކުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގައި މަސައްކަތް ކުރާ ކޮންމެ ފަރާތަކަށް 8,000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާއިރު، ސ3ީ މެރިން މެކޭނިކް ކޯސް ކޮންމެ ބައިވެރިއަކު ވެސް ފުރިހަމަކުރަން ޖެހެއެވެ.

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވެވޭނީ، އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މި މަސައްކަތަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި އިންޖިނިއަރިންގ ދާއިރާއިން ފަންނީ ދިވެހިން ބިނާކުރުމަށާއި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޓީސީސީ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު