ENGLISH
19 ޖޫން 2026
ޕީއެންސީއަކީ އެންމެ ބަދަހި ޕާޓީ، މުޅި ޕާޓީ އޮތީ ރައީސާއެކު ގަދަކޮށް: އަބްދުއްރަހީމް
19 ޖޫން 2026
|
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
އެންމެ މަޤްބޫލު
ޕީއެންސީ ބައިބައި ކުރަން ދައްކާ ވާހައަކުން އެ ޕާޓީ ބައިބަައިނުވާނެ ކަމަށާ މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މިހެން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު، ޕީއެންސީ ބައިބައިވެފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
ސިޔާސީ ބޭނުމަަށް އެއްވެސް އަސާސެއް ނެތި ނަޝީދު ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ އަބްދުއްރަހީމް ވަނީ ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަތައް ދައްކާނެ ކަމެއް ނެތް ކަމުގައި ވިދާޅުވެ ނަޝީދަށް ހޫނު ރައްދެއް ދެއްވާފަ އެވެ.
ވިދާޅުވީ ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ ކަމަށެވެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާ އަދި އެއީ އެންމެ ބަދަހި ޕާޓީ ކަމުގައި ވިދާޅުވި އެވެ.
ރައީސް މުޢިއްޒުގެ ލީޑަރު ކަމުގެ ދަށުގައި އެ ޕާޓީ ވާނީ ބިނާކުރަނިވި ފިކުރުގެ ޕާޓީއަށް ކަމަށާ އެ ޕާޓީއިން އަބަދުވެސް އިސްކުރާނީ ދިވެހީންނާ ދިވެހީންގެ ގައުމު ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
"މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.