ENGLISH

30 އޮކްޓޯބަރު 2025

Advertisement

ދިވެހި ޙާފިޒުންގެ އަދަދު 284 އަށް، މި ދައުރު 500 އަށް އަރާނެ

29 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މިދިޔަ އަހަރު ދަސްވެނިވި ހާފިޒުން

ރާއްޖޭގެ ޙާފިޒުންގެ ޖުމުލަ އަދަދު މިވަގުތާ ހަމައަށް 284 އަރައިފި އެވެ.

ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ ދިވެހި ޙާފިޒުންގެ ޖުމުލަ އަދަދު މިވަގުތާ ހަމައަށް 284 އަރައިފި ކަމަށެވެ.

“…އިންޝާ ﷲ މި 5 އަހަރު ތެރޭ 500 އަށް އަރާނެ،”

އަދި ވިދާޅުވީ ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައި ކަމަށެވެ.

މިވަގުތުވެސް 1500 ވުރެ ގިނަ މީހުން / ދަރިވަރުން ދަނީ ޤުރުއާން ހިތުން ދަސްކުރަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ގިނައީ ކުޑަކުދީންނާއި ޒުވާނުންނެވެ. 

ވަޒީރު އަދި ވިދާޅުވީ އަންނަ ރޯދަ މަހު 27 ވިލޭރޭގައި އޮންނަ ހަފްލާގައި ފަންސާހެއް ހާފިޒުން ދަސްވެނިވާނެ އެވެ. އެންމެ ފަހުން އޮތް ރަސްމިއްޔާތުގައި ދަސްވެނިވީ 24 ހާފިޒުންނެވެ.

ކިޔުންތެރިންގެ ހިޔާލު