ENGLISH
03 އޮކްޓޯބަރު 2025
ކޮބާ ތައްޔާރު! "ކޮސްގިނަ މިސްޓޭކް" އަންނަނީ
29 ސެޕްޓެމްބަރު 2025
|
ކޮސްގިނަ މިސްޓޭކްގެ ބައެއް ތަރީން --
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ކޮސްގިނަ މިސްޓޭކް -- ކޭޖީއެމް" ގެ ޕްރޮމޯޝަން ފަށާ އޮފިޝަލް ޓްރެއިލާ މާދަމާ ލޯންޗު ކުރަން ނިންމައިފި އެވެ.
ހެއްވާ މަޖާ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާނެ ކަމަށް ބެލެވޭ މި ފިލްމަކީ އެފަދަ ފިލްމުތައް ގެނެސްދިނުމުގައި ދިވެހި ފިލްމީ އިންޑަސްޓްރީގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
އެ ފިލްމުގެ އޮފިޝަލް ޓްރެއިލާ އަދި ޕޯސްޓަރު މާދަމާ ރޭ ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެެވެ.
ފިލްމު ޕްރޮމޯޓް ކުުރުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި މިހާރު ދަނީ ކުރަމުންނެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ ތަފާތު ގޮތަކަށް ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ ކަމެވެ.
ވަރަށް ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ކޮންމެ އެކްޓަރެއް / އެކްޓްރެސް އެއްގެ ކުރު ޑައިލޮގް ހިމަނައިގެންނެވެ.
މި ފިލްމުގައި މަޝްހޫރު ގިނަ ތަރީންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި އަހްމަދު ނިމާލް އާއި ހާމިދު އަލީ އާއި ޖުމައްޔިލް ނިމާލް އާއި އަލީ އާޒިމް އާއި އަލީ ސީޒަން އާއި އައިމިނަތު ރިޝްފާ އާއި މަރިޔަމް އައްޒަ ހިމެނެ އެވެ.