ENGLISH

05 ޖުލައި 2025

Advertisement

"ލޭބާ ފޯސް ސާވޭ" ފަށަނީ

26 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ކުރިޔަށް ގެންދާ "ލޭބާ ފޯސް ސާވޭ" ގެ މިއަހަރުގެ ސާވޭ އަންނަ ބުރާސްފަތި ދުވަހު ގްރޭޓަ މާލޭ ސަރަހައްދުގައި ފަށަން ނިންމައިފި އެވެ. 

މި ސާވޭގެ މަގްސަދަކީ ގޭބީސީތަކުގެ ވަކިވަކި ފަރުދުންގެ އާންމު މައުލޫމާތު ހޯދުމާއި ހިޖުރަ ކުރުމުގެ މައުލޫމާތު ހޯދުމުގެ އިތުރުން ހާސިލް ކޮށްފައިވާ ތައުލީމާ ގުޅޭ މައުލޫމާތާއި އަދާކުރާ ވަޒީފާގެ މައުލޫމާތު އެއްކުރުމެވެ. މީގެ އިތުރުން  އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލާއި އާމްދަނީ ލިބޭ އަދި ނުލިބޭ ގޮތަށް ކުރާ މަސައްކަތާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރާއި ހިލޭ ސާބަހަށް ކުރާ މަސައްކަތުގެ މައުލޫމާތު ވެސް އެއްކުރެވިގެންދާނެ އެވެ.

މި މައުލޫމާތުތަކުގެ އަލީގައި މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތާއި ލިބިފައި ނުވާ އާބާދީގެ ނިސްބަތް ފަދަ ލޭބަރ މާކެޓާ ގުޅޭ އިންޑިކޭޓަރުތައް އެކުލަވާލުމުގައި ފަސޭހަ ވެގެންދާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފާހަގަކުރިއެވެ.

މި ސާވޭ އަކީ ހުއްދަ ނަގައިގެން ކުރެވޭ ސާވޭއެއް ކަމާއި ކޮންމެ ފަރުދަކާއި ގޭބިސީއެއްގެ މައުލޫމާތު ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ ކަމަށް ވެސް ފާހަގަކުރި އެވެ. 

ކިޔުންތެރިންގެ ހިޔާލު