ENGLISH
30 އޮކްޓޯބަރު 2025
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރާއި ނުވަ މަހަށް ޖަލަށް
29 ސެޕްޓެމްބަރު 2025
|
 
            މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މަޢުމޫން
މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މަޢުމޫން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން އޮތީ ހަތް ދައުވާއެއް އުފުލާފަ އެވެ. އެ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއްގައި މިއަދު ވަނީ ކޯޓުން ހުކުމްކޮށްފަ އެވެ. ކޯޓުން ވަނީ އެ ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅާ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
މައުމޫންގެ މައްޗަށް ދަައުވާ އުފުލީ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި 3,106,189.38 ރުފިޔާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.
ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅާ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށެވެ.
މައުމޫންގެ މައްޗަށް ދެން އޮތް ފަސް ދައުވާގެ ހުކުމް އިއްވުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
 
                       
                       
                      