ENGLISH
30 އޮކްޓޯބަރު 2025
ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
29 ސެޕްޓެމްބަރު 2025
|
ބޮޑުބެރުގެ ގުރޫޕެއް --
ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަގުސަދުގައި ފަންނުވެރިންގެ ދަފްތަރެއް ވަނީ އެކުލަވާލާފަ އެވެ.
ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަދި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފަންނުވެރިން ދަފްތަރުކުރުމުގެ އުސޫލު" އާއި އެއްގޮތަށް ދަފްތަރުވުމަށް ހުށަހެޅުމަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ވަނީ އެދިފަ އެވެ.
ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އައިޑީ ކޮޕީ، ޕާސްޕޯޓް ސައިޒްގެ ފޮތޯ، ޕޯޓްފޯލިއޯ / ސީވީ އަދި އިގްރާރް (އޮންލައިން ފޯމް ހުށަހަޅާނަމަ) ހިމެނެ އެވެ.