ENGLISH

30 އޮކްޓޯބަރު 2025

Advertisement

އޭޓީއެމް ބެހެއްޓުމުންވީ ފަސޭހަ އޮޅުވާލާ މީހުންނަށް: 82 ރަށުގައި އޭޓީއެމް، މިހާތަނަށް 122،000 މުއާމަލާތް ވަނީ ހިންގާފައި

29 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މަގޫދޫގައި ބީއެމްއެލްއިން ގާއިމުކުރި އޭޓީއެމްގެ ހިދުމަތް އިފުތިތާހުކުރެއްވުމުގެ ތެރެއިން، ފޮޓޯ: ބީއެމްއެލް

އިއްޔެގެ ނިޔަަލަށް މި އަހަރުގެ މިހާތަނަށް 82 ރަށެއްގައި އޭޓީއެމް ހުޅުވާފައިވާ ކަމަށާ އެ އޭޓީއެމްތައް މެދުވެރިކޮށް 122,000 ފަހަރު މުއާމަލާތުކޮށްފައިވާ ކަމަށް ބެންކު އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ވަރަށް ހަލުވި ދުވެލީގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބީއެމްއެލް އިން ބުނީ އިއްޔެގެ ނިޔަަލަށް މި އަހަރުގެ މިހާތަނަށް 82 ރަށެއްގައި އޭޓީއެމް ހުޅުވާފައިވާ ކަމަށެވެ. އަދި މި ރަށްތަކުގައި ބެހެއްޓުނު އޭޓީއެމް މެދުވެރިކޮށް ކުރި މުއާމަލާތްތަކުގެ އަދަދު ހުރީ 122,000 މަތީގަ އެވެ.

މި މުއާމަލާތްތަކުގެ ފައިސާގެ ޖުމްލަ އަދަދު ހުރީ 313 މިލިއަން ރުފިޔާގަ އެވެ. އަދި 145 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

ބީއެމްއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޓީއެމް ވިއުގަ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބޭނުންކުރާ މިންވަރު ހުރީ މާލޭ ސިޓީގައި 14,000 މުއާމަލާތް އަދި އަތޮޅުތެރޭގައި 9,000 މުއާމަލާތުގަ އެވެ. ފައިސާގެ އަދަދުން ބަލާނަމަ އެއީ މާލެ ސިޓީގައި 78 މިލިއަން ރުފިޔާ އެވެ. އަދި އަތޮޅުތަކުގައި 25 މިލިއަން ރުފިޔާ އެވެ.

ރަށްރަށުގައި އޭޓީއެމް ބަހައްޓާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާތީ ވާދަވެރީން ދަނީ އެކަން އޮޅުވާލަން އަސާސެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންނެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުމަށް އާންމުން ދަނީ ތައުރީފު ކުރަމުންނެވެ. އަދި އޭޓީއެެމްގެ ސަބަބުން ލިބޭ ފަސޭހަތައް އާންމުން ދަނީ ފާހަގަ ކުރަމުންނެވެ.

ވާދަވެރީން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އޭޓީއެމް ބެހެއްޓުން ދާނީ ކުރިއަށް ކަމަށާ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި އޭޓީއެމް ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމުތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު