ENGLISH
05 ޖުލައި 2025
ކަމަދޫ ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ދޭން ފަށައިފި
26 ނޮވެމްބަރު 2024
|
ބ.ކަމަދު ޕޮލިސް ޕޯސްޓް ހުޅުވުން - ފޮޓޯ: ޕޮލިސް
ބ. ކަމަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި މިއަދު އެރަށުގައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.
ކަމަދޫގައި ގާއިމު ކުރި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކަމަދޫ ކައުންސިލު ރައީސް ހަސަން ޒަރީރުއެވެ.
ކަމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން ބ. އަތޮޅު ކައުންސިލު ރައީސް އާއި ކަމަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މިއަދަކީ ކަމަދޫގެ ރައްޔިތުންނަށާއި ކަމަދުއަށް ޒިޔާރަތްކުރާ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕޮލިސް ޕޯސްޓު ގާއިމުކުރެވިގެންދިޔަ ތާރީހީ ދުވަހެއް ކަމަށެވެ. އަދި ކަމަދޫއަކީ އިޖުތިމާއީ ގުޅުން ގާއިމު، ކުށްމަދު ރަށެއްކަމަށާއި ކަމަދޫ ޕޮލިސް ޕޯސްޓަކީ ރަށުގައި އިތުރަށް ކުށް ވިޔަނުދިނުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށެވެ.
މީގެ އިތުރުން ކޮމިޝަނަރ ޝުޖާޢު ވިދާޅުވީ، ރާއްޖޭގައި މިހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމު ކަމަށާއި ފުލުހުންގެ ގާނޫނުން ވެސް އެކަން ލާޒިމުކުރާ ކަމަށެވެ.