ENGLISH

30 އޮކްޓޯބަރު 2025

Advertisement

ގެދޮރުވެރިޔާ ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

29 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ތަޅުދަނޑި އެ ފުލެޓުތަކުގެ ހައްގުވެރިންނާ ހަވާލުކުރަން އިއްޔެ ފަށައިފިއެވެ. 

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ބިނާކުރި 4،000 ހައުސިން ޔުނިޓުގެ ފުލެޓުތައް ހަވާލުކުރަން ފެށުމުގެ ގޮތުން އިއްޔެ އެ ފުލެޓުތައް އަޅާފައިވާ ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްްދާން ޝަކީލުވަނީ އަމާން އުދަރެސް 14 ވަނަ ޓަވަރުން ފުލެޓު ލިބުނު އަންހެނަކަށް އެޕާޓުމެންޓުގެ ތަޅުދަނޑި ހަވާލުކުރައްވާފައެވެ. 

އެޕާޓުމެންޓުތަކުގެ ތަޅުދަނޑި ހަވަލުކުރަމުންދަނީ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ނިންމާ ފަރާތްތަކަށެވެ. މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ޑިޕޮސިޓު ދައްކާފައިވާކަމަށް އެފްޑީސީން މައުލޫމާތު ދެއެއެވެ. 

އެފްޑީސީން ހާމަކުރި ގޮތުގައި އެންމެ ފުރަތަމަ ހަވާލުކުރަނީ އަމާން އުދަރެސްގެ 14 ވަނަ ޓަަވަރުން ދޫކުރި ފުލެޓުތަކުގެ ތަޅުދަނޑިއެވެ. ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ތަޅުދަނޑި ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނެއެވެ. 

އެހެނިހެން ޓަވަރުތަކުގެ ތަޅުދަނޑި ދޫކުރަން ފެށުމުން، އެކަން އެ ކުންފުނީގެ ޕޯޓަަލް މެދުވެރިކޮށް އަންގަމުންދާނެ ކަމުގައިވެސް އެފްޑީސީން ބުންޏެވެ. 

އަދި އެ ފުލެޓުތަކަށް ބަދަަލުވުމުގައި އެހީތެރިވުމުގެ ގޮތުން ފަރުނީޗަރާއި ބަރު ތަކެތި ފުލެޓުތަކަށް އަރުވައިދިނުމުގެ ހިދުމަތް އެ ކުންފުނިން ފޯރުކޯށްދޭކަން އެފްޑީސީން ފާހަގަކުރެއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ބުކިން ހެދުމުން އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފަައިވާ ޖަގަ ބުކްކޮށް، އެ ސަރަހައްދުގައި ތަކެތި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ. 

"ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުހަލާ މިގޮތަށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު ޓަވަރުގެ އާއްމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުހަލާ ފުރިހަމަކުރުން،" ބަޔާނުގައި ބުނެފައިވެއެވެ. 

އެ ކުންފުނިންވަނީ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ "އަމާން އަތްމަތީ ފޮތް" ނަމުގައި ވަކި ފޮތެއްވެސް ނެރެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު