ENGLISH
30 އޮކްޓޯބަރު 2025
ނޭޕާލްގެ އަންހެން މީހާއަށް ހަމަލާދިނީ ބަންގްލަދޭޝް މީހެއް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
28 ސެޕްޓެމްބަރު 2025
|
ނޭޕާލްގެ އަންހެން މީހާއަށް ހަމަލާދިން މީހާ --
ނޭޕާލްގެ އަންހެން މީހާއަށް އިއްޔެ ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އިއްޔެ 12:45 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަަސައްކަތް ކުރާ ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނަކަށެވެ. ފުލުހުން ބުނީ ސީސީޓީވީ ފްޓޭޖާއި އެހެނިހެން މައުލޫމާތުތަކުގެ އަލީގައި އަންހެން މީހާއަށް ހަމަލާ ދިން މީހާ ދެނެގަނެފައިވާ ކަމަށެވެ.
އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރު މިއާ އެވެ. އެ މީހާ ހައްޔަރުކޮށް ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.