ENGLISH

08 އޮކްޓޯބަރު 2025

Advertisement

10،000 ރުފިޔާ ބެހެއްޓުމުން ފޭޒްލީން ދޫކޮށްލަން ކޯޓުން ނިންމައިފި

27 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ފޭޒްލީން

ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓުން ނިންމައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އައިމިނަތު ފޭޒްލީން ނަމަކަށް ކިޔާ އުމުރުން 49 އަހަރުގެ މީހެކެވެ. އޭނާ އަކީ ޓިކްޓޮކް ގައި ލައިވްވާ ހޯސްޓެކެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:38 ހާއިރު ގދ، ތިނަދޫ ގައި މީހަކު ހުއްދަ ނެތި ގެއަކަށް ވަދެ އެގޭގައި ކުޑަކުދީންތަކެއް ތިއްބާ ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާމަރީ ހިންގައި އިންޒާރު ދިން މައްސަލައެއްގަ އެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ 15 ދުވަހުގެ ބަންދެއް ދިނުމަށް ނިންމި ކަމަށެވެ.

އެ ފައިސާ ދެއްކުމުން މިހާރު އޭނާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު