ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކަ ހިޔާނާތުގެ އެންމެ ފުނަށް ވާސިލުވެ، ގެއްލުނު ފައިސާ ހޯދަންޖެހޭ: އާދަމް ޝަރީފު

27 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފު އުމަރު

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ހިނގައިދިޔ އެންމެ ބޮޑު ހިޔާނާތްކަމުގައިވާ ފެނަކަ ކޯޕަރޭޝަނުގެ ހިޔާނާތުގެ އެންމެ ފުނަށް ވާސިލުވެ، އެ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭކަމަަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. 

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، ފެނަކައިގެ ޕްރޮކިއުމެންޓާއި މާލީ ކަންކަން ހިންގާފައިވާ ގޮތާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްެގެ އޮފީހުން ތަފުސީލު އޮޑިޓެއް ހެދުމަށްފަހު އާއްމުކުރި ރިޕޯޓުން އެނގޭ ގޮތުގައި ފެނަކައިގެ ތެރެއިން 2.2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވެފައިވެއެވެ. 

ގިނަ އަދަދެއްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައި ހުރީ ބީލަމަށް ހުޅުވައިނުލައެވެ. އެގޮތަށް މަސައްކަތް ހަވާލުކުރިއިރު، ބާޒާރުގެ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި މަސައްކަތްތައް ހަވާލުކޮށްފައި ހުރިކަން ފާހަގަކުރެވެއެވެ. އެ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގައި ބޮޑެތި ތަފާތުކުރުންތައް ގެންގުޅެ، ބައެއް ކުންފުނިތަކަށް ފައިސާ ދޫނުކޮށް އަނެއްބައި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި އެބަހުއްޓެވެ. 

ޖަނަރޭޓަރާއި ކޭބަލާއި ސްޕެއާ ޕާޓްސް ގަތުމުގައި އިއުލާނުނުކޮށް ބީލަމަށް ހުޅުވައިނުލައި ހިންގި މުއާމަލާތްތަކުގައި ގިނަ މައްސަލަތަކެއް އެކުލެވޭކަން އޮޑިޓު ރިޕޯޓުން ހާމަވިއެވެ. އެގޮތުން އައު ޖަނަރޭޓަރުގެ އަގުގައި ބޭނުންކޮށްފައި ހުރި ބާ ޖަނަރޭޓަރުތަކެއް 300 އެތައް އިންސައްތައެއް އަގު ބޮޑުކޮށް ގަނެފައިވާކަން ހާމަވިއެވެ. 

ފެނަކައިގެ ޚިޔާނާތް ކުރުކޮށް

* އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތި

* އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢު

* ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން

* ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން

* ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން

* ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން

އެހެން ކަމުން އެމްޑީޕީ ވެރިކަމުގައި 2018 ން 2023 ށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަން ބެލެވެ އެވެ.

މި މައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރިން ކުރެއްވި އާދަމް ޝަރީފު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި މުޅި ދައުލަތް ލޫޓުވައިލި މައްސަލައާއި، ފެނަކައާއި ވެންޓިލޭޓަރު ގަތުމުގެ ކޮރަޕްޝަނުގެ މައްސަލަ އެއިރު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. 

އެ ހިޔާނާތުގެ މައްސަލަތައް ފެންމަތިކުރައްވައި މަޖިލީހުގެ ސަމާލުކަމަަށް ގެންނެވި ނަމަވެސް، އެމްޑީޕީ ސަރުކާރާއި، އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަދި މިނިވަން މުއައްސަސާތަކުންވެސް އެކަމުގައި އަޅަައެއްނުލި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ އެވަރުގެ ބޮޑު ހިޔާނާތެއް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު އެކަނި ކުރިއަށްނުގެންދެވޭނެ ކަމަށެވެ. އެކަން ހިނގީ ވަރަށް ގިނަ މީހުންނށް ބައި އެޅިގެންކަން އޮޑިޓު ރިޕޯޓުން ފަޅާއަރުމަންދާކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. 

އާދަމް ޝަރީފު ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށްވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަަލުގައި މުޅި މައްސަލައިގެ އަޑިއަށް ފީނައި މިކަމުގައި ޝާމިލުވާ އެންމެންނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. 

އޭގެ އިތުރަށް މި މައްސަލާގައި އަޅައިނުލައި ފިޔަވަޅެއް ނާޅައި ތިބި މުއައްސަސާތައް ޖަވާބުދާރީކުރުވަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ ކޮރަޕްޝަން މުލުން ލުހެލުން ކަމަށްވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު