ENGLISH
30 އޮކްޓޯބަރު 2025
ރަށްރަށުގެ ސޯޝަލް ހައުސިންގެ ޑައުންޕޭމަންޓް ކުޑަކޮށްދެނީ
27 ސެޕްޓެމްބަރު 2025
|
އަތޮޅުތަކުގެ ރަށްރަށުގައި ސަރުކާރުން އިމާރާތްކޮށްދީފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެ ބައިކުޅަ އެއްބަޔަށް ކުޑަކޮށްދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ 31 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ތ. ތިމަރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ރޯ ހައުސްތަކާއި ފްލެޓްތަކުގެ ޑައުންޕޭމަންޓް ބޮޑުވެގެން ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ.
ރަށް ރަށުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލި މި ސަރުކާރުން ވަނީ ޑިސެމްބަރު 2023 ގައި ކުޑަކޮށްދީފަ އެވެ. އެވްރެޖްކޮށް 5،000ރ. ދައްކަން ޖެހޭ ޔުނިޓްތަކުގެ ކުލި ކުޑަކޮށްދީފައި ވަނީ 3،300ރ. އަށެވެ.
ނަމަވެސް އެ ޔުނިޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 20،000ރ. ދައްކަން ޖެހެ އެވެ. އެހެންވެ ރައީސް ވަނީ މި އަދަދު ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދޭން ނިންމަވައިފަ އެވެ.