ENGLISH
30 އޮކްޓޯބަރު 2025
ސަރުކާރުގެ އަމާޒަކީ ރަށު އިގުތިސާދަށް ދިރުން ލިބޭ ވިލުންތެރި ފަތުރުވެރިކަން ބިނާކުރުން: ރައީސް
27 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ސަރުކާރުގެ އަމަޒަކީ އެ ފަތުރުވެރިކަމަކުން ރަށްރަށުގެ އިގުތިސާދުތަކަށް ދިރުން ލިބޭ ވިލުންތެރި، ރައްޔިތުންގެ ވަށައިގެން ތަރައްގީކުރާ ފަތުރުވެރިކަން ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައި ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގައި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓިފައިވާ ދިވެހި މެހެމާންދާރީ އިހުތިފާލުކުރައްވާ ކަމަށެވެ.
އަދި ދިވެހި ސަރުކާރުގެ އަޒުމަކީ އެންމެން ޝާމިލުވަނިވި އިގުތިސދީ ތަރއްގީ ކުރިއެރުވުންކަމަށާއި، އެކަމަށްޓަކައި ހުރިހާ އަތޮޅުތަކަށް އަދި އާބާދީތަކަށް ފުރުސަތުތައް ފަހިކުރައްވައި ފުޅާކުރެއްވުމަށް މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަޒުމަކީ އޭގެ ނާރެހުގައި ރައްޔިތުން ހިމެނޭ، ރަށްރަށުގެ އިގުތިސާދުތައް ކޮޅަަށްޖަހައިދޭ، ދިވެހި ރަށްރަށުގެ މުއްސަަނދިކަން ރިވެލިވާ ފަތުރުވެރިކަން ތަރައްގީކޮށް ބިނާކުރުން ކަމަށެވެ.
ހަމައެހެންމެ މިއަދު ދިވެހިރާއްޖެއިން ބިނާކުރަމުންދަނީ ކުރިއެރުމާއި، ދެމެހެއްޓެނެވި ތަރައްގީ އެކުއެކީ ކުރިއަށްގެންދާ ސިޔާސަަތެއް ކަމުގައިވެސް ވިދާޅުވިއެވެ.