ENGLISH
30 އޮކްޓޯބަރު 2025
ހަތަރު އަތޮޅުގައި 31 މަޝްރޫޢުއެއް؛ 24 މަޝްރޫޢެއްގެ ނިންމުން، 20 އެއްބަސްވުމެއް
27 ސެޕްޓެމްބަރު 2025
|
ގުރައިދޫގައި ޑީކޮމްޕްރެޝަން ޗެމްބަރު އިފްތިތާހު ކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ޖުމުލަ 20 އެއްބަސްވުމެއްގައި ސޮއިކުރައްވައި، 31 މަޝަރޫޢެއް ފައްޓަވައި، 24 މަޝްރޫޢެއް ނިމިގެން ދިޔަކަމުގައި އެމަނިކުފާނު ފާހަގަ ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން ފާހަގަކުރެއްވީ މިދިޔަ ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށްކަމަށްވާ، ތިމަރަފުށީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ޖުމުލަ 20 އެއްބަސްވުމެއްގައި ސޮއިކުރައްވައި، 31 މަޝަރޫޢެއް ފައްޓަވައި، 24 މަޝްރޫޢެއް ނިމިގެން ދިޔަކަމުގައެވެ. އޭގެ ތެރޭގައި އެއާޕޯޓް މަޝްރޫޢު އާއި ޑީކޮމްޕްރެޝަން ޗެމްބަރެއް ހުޅުވުމާއި މަގުތައް ހެދުމުގެ މަސައްކަތާއި އުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢުއެއް ހިމެނެ އެވެ.
މީގެ އިތުރުން މި ހަތަރު އަތޮޅުގައި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ނުހުޅުވި ހުރި ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މިހާރު ވ، މ،ފ އަދި ތ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ހުރިހާ މަޝްރޫޢުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢު ކުރިއަށް ގެންދެވުނީ ތ. އަތޮޅުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޒަމާންތަކެއްވަންދެން ތަރައްޤީގެ ރާޑަރުން ކައްސާލާފައި އޮތް ކޮޅުމަޑުލު، ތަރައްޤީގެ ރާޑަރުގެ ސީދާ މެދަށް ގެނެވިފައިވާ ކަމަށެވެ.