ENGLISH

30 އޮކްޓޯބަރު 2025

Advertisement

ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނަން، އެއްވެސް މީހަކަށް ނުބަލާނަން: ރައީސް

26 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ތިމަރަފުށީގައި ވާޙަކަ ދައްކަވަނީ --

ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރައްވާނެ ކަމަށާ އެކަމުގައި އެއްވެސް މީހަކަށް ނުބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގެ ފަހު ދުވަހުގެ ފަހު މަންޒިލެއްގެ ގޮތުގައި ތ. ތިމަރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ބޮޑު ޚިޔާނާތް އޮޑިޓަރު ޖެނެރަލް މިރޭ ނެރުއްވި އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑު އެއް ކުންފުންޏަށް މިދިޔަ ސަރުކާރުން ހަދާލާފައި އޮތް ގޮތް އޮޑިޓް ރިޕޯޓް ހާމާވާ ކަމަށެވެ. ފެނަކަ ތެރެއިން މިދިޔަ ފަސް އަހަރު އެތައް ސަތޭކަ މިިލިއަން ރުފިޔާގެ ވައްކަމެއް ހިންގާފައިވާ ކަމަށާ އެއީ ރައްޔިތުންގެ ފައިސާ ކަމުން އެކަންކަން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިކަންކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ކުރަން ޖެހޭ ކަންކަން ފަށައިފި. އެއީ ސީދާ ސަރުކާރުގެ އިދާރާއެއްގެ ތެރެއިން ބެލެން ހުންނާނެ ކަންކަން. އަޅުގަނޑުމެން އަންގައިފިން އޭސީސީއަށްވެސް. އަޅުގަނޑުމެން އަންގައިފިން ޕްރޮސެކިއުޓަރު ޖެނެރަލަށް ވެސް, އަޅުގަނޑަށް މަގާމުގެ ހައިސިއްޔަތުން އެންގޭނެ މިންވަރަށް އަންގައިފިން މިކަން އަވަސް ކުރަން,"

ރައީސް ވިދާޅުވީ ހުރިހާ ކުންފުނިތަކަށް ވެސް މިދިޔަ ސަރުކާރުން މި ގޮތަށް ބާރު މިސްޔޫސް ކޮށްގެންފައިވާ ކަމަށާ ކަންކަން ހަމަ މަގަށް އަޅުވަން ވަގުތު ނެތީ އެ ހާލަތުގައި އޮތުމުން ކަމަށެވެ. ރައީސް ވަނީ ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރައްވާނެ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނީ. އެއްވެސް މީހަކަށް ނުބަލާނަން. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މީހާއަށް ބެލުމެއް ނޫން. ކުރި އަމަލަށް ބެލުން. ސިޔާސީ އެއް ނުވާނަން," 

ރައީސް ވިދާޅުވީ މީހާއަށް ބަލައިގެން މިދިޔަ ދެ އަހަރެއްހާ ދުވަހު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާ އަމަލު ކުރައްވާނީ އެންމެ އަދުލްވެރި ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު