ENGLISH

30 އޮކްޓޯބަރު 2025

Advertisement

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި

26 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ތ. އޮމަދޫގައި

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ވަނީ ފަށައިފި އެވެ.

އެ އަތޮޅުގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުވީ ތ. އޮމަދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު އެވެ. އެ ރަށުގައި އެ ޚިދުމަތް ފެށުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އޮމަދޫއަށް ވަޑައިގެންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އޮމަދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ފެށިފައިވާ ކަމަށެވެ. މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް އަދި އާބާދީ ބޮޑެތި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުުދުފުޅެކެވެ. ވެރިކަމަށް ދެ އަހަރުވާން ދާއިރު ވަރަށް ގިނަ ރަށްރަށުގައި ވަނީ ޕޮލިސް ޕޯސްޓްތައް ޤާއިމުކޮށްފަ އެވެ.

ވަރަށް ގިނަ ރަށްރަށުގައި ޕޮލިސް ބިލްޑިންތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމަކީ އާންމުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު