ENGLISH
05 ޖުލައި 2025
އެފްއެސްއެމްގެ އެމްޑީ އިސްތިއުފާ ދެއްވައިފި
26 ނޮވެމްބަރު 2024
|
އިސްމާއިލް ސުހައިލް/ ފޮޓޯ: އެފްއެސްއެމް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްމާއިލް ސުހައިލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
(އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމުން ސުހައިލް އިސްތިއުފާ ދެއްވައިފިކަން ބައެއް މީޑިއާތަކަށް އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަލަމުން ދަނިކޮށް ކަމަށް ވެއެވެ. އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.