ENGLISH

30 އޮކްޓޯބަރު 2025

Advertisement

މިވަރުގެ ބައެއް؛ ޤަވާއިދާ ޚިލާފަށް ބެނާ ދެމުމަށް ފަހު އެމްޑީޕީން ހަވާލެއް ނުވި، ކައުންސިލުން ނިކުމެ ނަގައިފި

26 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އެމްޑީޕީ ބަޔަކު ބެނާތައް ދަމަނީ: އެކަމަކު މިހާރު ބުނަނީ އެއީ ޕާޓީގެ އެއްޗެއް ނޫން ކަމަށް --

މާލެ ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދާ މާލޭގެ މަގުތަކުގައި ދަމާފަައިވާ ބެނާތަކާއި ހަވާލުވާން ދެކޮޅު ހަދާ އެއީ އެމްޑީޕީއާ ގުޅުމެއް ނެތް ބެނާތަކެއް ކަމަށް ބުނެފި އެވެ.

މާލެ ސިޓީގެ މަގުތަކުގައި އިޝްތިހާރާއި ބެނާ ދެމުމުގައި އަމަލު ކުރާނެ އުސޫލެއް އޮވެ އެވެ. ބެނާތަކާއި އިޝްތިހާރުތައް ޖެހުމުގެ ކުރީން ކައުންސިލުން އެކަމަށް ހުއްދަ ހޯދަން ޖެހެ އެވެ. 

އެމްޑީޕީން އަންނަ މަހު ބާއްވަން ނިންމާފައިވާ މުޒާހަރާއާ ދިމާކޮށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރީން ވަނީ މާލޭގެ މަގުތަކުގައި ބެނާތަކެއް ދަމާފަ އެވެ. ނަމަވެސް އެ ބެނާތައް ދެމީ ކައުންސިލުން ހުއްދަ ނުހޯދާ ޤަވާއިދާއި ޚިލާފަށެވެ.

ހުއްދަ ނުހޯދާ ބެނާ ދެމި މަައްސަލައާ ގުޅިގެން ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޤަވާއިދުތައް މުގުރާލާ އަމަލު ކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭ ކައުންސިލަރުން ވަނީ އެދިފަ އެވެ. އެހެން ކަމުން ވަގުތުން އެފަދަ ބެނާތައް ނެގުމަށް ބައެއް ކައުންސިލަރުން ވަނީ އެދިފަ އެވެ.

އެމްޑީޕީގެ މުޒާހަރާ އިޝްތިހާރު ކުރަން ބެނާތައް ދެމީ ޤަވާއިދާ ޚިލާފަށް ކަމަަށް ވުމުން އެ ޕާޓީއަށް ނިސްބަތްވާ މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ޤަވާއިދަށް އެކަން ފެއްތުމަށް ފުރުސަތު ދޭން ފެނޭތޯ ސުވާލު ކޮށްފަ އެވެ.

މޭޔަރުގެ އެ ސުވާލާއި ގުޅިގެން ކައުންސިލަރު މުހައްމަދު އިބްރާހިމް ވަނީ އެމްޑީޕީއަށް ސިޓީ ފޮނުވުމުން އެ ބެނާތަކަކީ އެ ޕާޓީއާ ގުޅުން ހުރި އެއްޗެހިތަކެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ވެރިއަކު ނެތް ބެނާތަކެއް ކަމަށާ ބެނާތަކުގައި އެމްޑީޕީގެ ލޯގޯވެސް ނުހުންނާނެ ކަމަށް އެ ޕާޓީން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ބެނާތައް ދަމާފައިވާތާ 14 ދުވަސްވީއިރު ބެނާތަކުގެ ވެރި ފަރާތެއް ނޭންގުމާއި ޤަވާއިދާ ޚިލާފަށް ދަމާފައިވާ ބެނާތަކަކަށް ވުމުން މާލެ ސިޓީ ކައުންސިލުން މިހާރު ދަނީ އެ ބެނާތައް ނަގަމުންނެވެ.

ސަރުކާރާއި ދެކޮޅަށް މުޒާހަރާ ރޭވުމަށް ފަހު އެ މުޒާހަރާ އިޝްތިހާރު ކުރަން ޤަވާއިދާ ޚިލާފަށް ބެނާ ދަމާ އެ ބެނާތަކާއި ހަވާލުނުވެ އެމްޑީޕީން ބޯދަމައިގެންފައިވާއިރު އެ ބެނާތައް ދަމަން ނިކުމެ އުޅުނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާއި އެކްޓިވިސްޓުންނެވެ. އެ ބެނާތައް ދަމަނިކޮށް ފޮޓޯ ނަގާ އެ މީހުން އަމިއްލައަށް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު