ENGLISH

30 އޮކްޓޯބަރު 2025

Advertisement

ގާދިއްފުށީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައި ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިފި

26 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ގާދިއްފުށީ ބަނދަރުގެ މަސައްކަތް ފެށުން

ގާދިއްފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބެހެއްޓި އޭޓީއެމްގެ ހިދުމަތް މިއަދު ހުޅުވައިދެއްވައި، އެ ރަށުގައި އައު ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

ތ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ތ.ގާދިއްފުށްޓަށް ވަޑައިގެން މިއަދު އޭޓީއެމް ހިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އޭޓީއެމް ހިދުމަތް އިފުތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސްވަނީ އޭޓީއެމްއިން ފައިސާ ނަންގަަވާފައެވެ. 

އޭޓީއެމްގެ ހިދުމަތް އިފުތިތާހުކޮށްދެއްވުމުގެ އިތުރަށް ރައީސްވަނީ ގާދިއްފުށީގައި ކުރިއަށްގެންދާ އިތުރު ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ އެ ރަށުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރްސީ)އާއި އެ ރަށުގައި އަލަށް ތަރައްގީކުރާ ސިއްހީ މަރުކަޒުގެ މަސައްކަތެވެ. 

ގާދިއްފުށީ އެފްއާރްސީގެ މަސައްކަތް ފެށުން

މި ދެ މަޝްރޫއުގެ ތެރެއިން ފިޓަނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި، އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ. އެ މަސައްކަތްކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. 

އޭގެ އިތުރަށް އެ ރަށު ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި އެ މަޝްރޫއުގެ މަސައްކަތްވެސް މިއަދު ފަށާފައިވެއެވެ. އެ މަސައްކަތް ފައްޓަވަައިދެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ މަޝްރޫއުވެސް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. 

އަދި އެ ރަށުގެ ބަނދަރު އަޕްގްރޭޑުކޮށް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިއަދުވަނީ ފަށާފައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން އެންޑް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މި ތިން މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުުގައި މަސައްކަތްކުރާ ކުންފުނި ކަމުގައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއާއި، ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަނާން މުހައްމަދު ރަޝީދާއި ގާދިއްފުށީ ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގަތެވެ. 

ކިޔުންތެރިންގެ ހިޔާލު