ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކައިން ބޭރު ކުންފުންޏަކުން ތަކެތި ހޯދުމަށްފަހު ދޫކުރި 22،3 މިލިއަން ޖަމާކުރީ ދިވެހި ކުންފުނިތަކާއި ފަރުދުންނަށް

26 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދު،

ފެނަކަ ކޯޕަރޭޝަނުން ބޭރު ކުންފުންޏަކާއެކު ކުރި މުއާމަލާތްތަކެއްގެ ދަށުން އެ ކންފުންޏަށް ދޫކުރި 22.3 މިލިއަން ރުފިޔާ ދިވެހި ކުންފުނިތަކާއި، ފަރުދުންގެ އެކައުންޓުތަކަށް ޖަމާކޮށްފަައިވާކަން ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓުން ހާމަވެއްޖެއެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކޮށްފައިވާ ފެނަކައިގެ ޕްެރޮކިއުމެންޓާއި މާލީ ހާލަތާ ގުޅޭ އޮޑިޓު ރިޕޯޓުން ފާހަގަވާ ގޮތުގައި، ހަވީރު އިންޓަނޭޝަނަލް ނަމުގައި ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކާއެކު 2022 ވަނަ އަހަރާއި 2023 ވަނ އަހަރު ތެރޭ 18 އެއްބަސްވުމެއް ފެނަކައިން ގާއިމުކުރިއެވެ. 

އެ އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 57.7 މިލިއަން ރުފިޔާއެވެ. އެ އެއްބަސްވުންތައް ހެދީ އެކި ރަށްރަށުގައި ހިންގާ ފެނަކަ ބްރާންޗުތަކުގެ އިންޖީނުގެތަކަަށް ބޭނުންވާ ޗިމްނީ ސްޓެކްއާއި، ކޭބަލްއާއި އިންޖީނުތަކށް ބޭނުންވާ އެހެނިހެން ސްޕެއާ ޕާޓުތައް ގަތުމަށެވެ. 

އެ ކުންފުންޏާއެކު އެއްބަސްވީ އެޑްވާންސް ޕާފޯމޭންސް ގެރެންޓީ ހުށަހެޅުމުން ކޮންޓުރެކްޓުގެ އަގުގެ %15 ދިނުމަށާއި، ގެންނަ މުދަލުގެ ޝިޕިންއާ ގުޅޭ ލިޔެކިޔުން ހުށަހެޅުމުން ޖުމްލަ އަގުގެ 45 އިންސައްތަ ދިނުމަށްފަހު ބާކީ ފައިސާ މުދާ ލިބުމުން ބައިބައަށް ބަހާލައިގެން ދެއްކުމަށެވެ. 

މި އެއްބަސްވުންތަކުގެ ދަށުން ފެނަކައިންވަނީ މުދާ ލިބުމުގެ ކުރިން އެ ކުންފުންޏަށް 10،320،142 (ދިހަ މިލިއަން ތިންލައްކަ ވިހިހާސް ސަތޭކަ ސާޅިސް ދެ) ރުފިޔާ ދޫކޮށްފައެވެ. އަދި މުޅި ޖުމްލަ 32،420،132 (ބައްތިރީސް މިލިއަން ހަތަރުލައްކަ ވިހިހާސް ސަތޭކަ ތިރީސް ދެ) ރުފިޔާ ފެނަކައިން އެ ކުންފުންޏަށް ދޫކޮށްފައިވާކަމަށް އޮޑިޓުގައި ބުނެފައިވެއެވެ. 

އޮޑިޓު އޮފީހުން ބުނެފައިވާ ގޮތުން މި 32.4 މިލިއަން ރުފިޔާގެ ތެރެއިން 22،382،368 (ބާވީމިލިއަން ތިންލައްކަ އަށްޑިހަދެހާސް ތިންސަަތޭކަ ފަސްދޮޅަސް އަށް) ރުފިޔާ ޖަމާކޮށްފައިވަނީ ރާއްޖޭގެ ކުންފުނިތަކާއި އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ބޭންކު އެކައުންޓުތަކަށެވެ. 

އޮޑިޓު ރިޕޯޓުން ހާމަވި ގޮތުގައި ހަވީރު އިންޓަނޭޝަނަލްއާ އެކި ފަހަރު މަތިން ގިނަ މަސައްކަތްތަކެއް ފެނަކައިން ހަވާލުކުރީ ވާދަވެރި ބީލަމަކަށް ހުޅުވައިނުލައެވެ. މަސައްކަތް ހަވާލުކުރަނީ ހަމައެކަނި ހަވީރު އިންޓަނޭޝަނަލްއަށް އަގު ހުށަހެޅުމުގެ ދައުވަތު ފޮނުވައިގެން އެ ކުންފުނިން ހުށަހަޅާ އަގަކަށެވެ. 

އަދި އެ ކުންފުނިން ހުށަހަޅާ އަގަށް ބެލުމަށްފަހު  އެ ކުންފުންޏާ މަސައްކަތް ހަވާލުކުރަން ނިންމަނީ ފެނަކައިގެ ޑައިރެކްޓް ޕާޗޭސް ކޮމިޓީންކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. 

އެ ކުންފނީގެ ޕްރޮކިއުމެންޓު ގަވާއިދުގައި ބުނެފައިވާ ގޮތުން ފަސް މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާނަމަ އެތަކެއްޗެއް ހޯދަންޖެހޭނީ ފެނަކަަ ކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން އަގުތައް ވަޒަންކުރުމަށްފަހު އެވެ. އެ އުސޫލުން ރެކުމަށް ހީލަތެއްގެ ގޮތުން ހަވީރު އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން ޖުމްލަ 47،334،774 ގަންނަން އެ ކުންފުންޏާ ހަވާލުކުރީ ބައިބައަށް ބަހާލައިގެން އެއްވެސް ބައެއްގެ އަގު ފަސް މިލިއަނަށްވުރެ މަތިނުވާނެހެން އިންތިޒާމުކޮށްގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު