ENGLISH
30 އޮކްޓޯބަރު 2025
ގުރައިދޫ ހޮސްޕިޓަލާއި، އެފްއާރްސީ މަސައްކަތް ފަށައި، ޑީކޮޕްމްރެޝަން ޗެމްބާ އިފުތިތާހުކޮށްދެއްވައިފި
26 ސެޕްޓެމްބަރު 2025
|
ގުރައިދޫ ހޮސްޕިޓަލު މަޝްރޫއު ފައްޓަވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
ކޮޅުމަޑުލު ގުރައިދޫގައި ގާއިމުކޮށްފައިވ ޑީކޮމްޕެރިޝަން ޗެމްބާގެ ހިދުމަތް ފައްޓަވައިދެއްވައި އެ ރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅ އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
ގުރައިދޫގައި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަަތް ފެށީ މިއަދު ވަކިވަކިން އެ ރަށުުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައެވެ. އެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ، ތ.އަތޮޅުގެ މީހުން ދިރުއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި އެ ރަށުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
އެގޮތުން ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ގުރައިދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ. އޭނާ އަރިހުގައި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަނާން ރަޝީދާއި، އެ މަޝްރޫއުގެ މަސައްކަަތްކުރާ ކުންފުނި ވެމްކޯގެ މެނޭޖިން ޑިރެކްޓަަރވެސް ބަައިވެރިވެވަޑަތެވެ.
ދެން ގުރައިދޫގައި ފެށުނު މަޝްރޫއުކަމަށްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އެ މަޝްރޫއަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.
ދެން އޮތީ މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރ ހުޅުުވުމުގެ ރަސްމިއްޔާތެވެ. މިއީ ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާއިން އޮޕަރޭޓުކުރާ ޗެމްބަރއެކެވެ. އެ ޗެމްބާ ގާއިމުކޮށްފައިވާ އިމާރާތުގެ ނަން ކަޝްފުކޮށްދެއްވަައި އެ ޗެމްބަރގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
ސެނެހިޔަ ހައިޕަރބެރިކް ސެންޓަރގެ ނަމުގައި ގާއިމުކޮށްފައިވާ މަރުކަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެތަނުގައި ގާއިމުކޮށްފައިވާ ޑިކޮމްޕެރިޝަން ޗެމްބަރ ބައްލަވައިލައްވާފައެވެ.
ގުރައިދޫގައި ހުޅުވި ޑިކޮމްޕެރިޝަން ޗެމްބާއަކީ މާލެއިން ބޭރުގައި ހުޅުވުނު ފުރަތަމަ މިފަދަ ޗެމްބަރއެވެ. ރައީސް އިއުލާނުކުރައްވާފައިވާ ގޮތުން ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގެ އިތުރު ސަރަހައްދުތަކުގައި މި ހިދުމަތް ސަރުކާރުން ގާއިމުކުރާނެއެވެ.