ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކައިގެ ބޮޑު ވައްކަން: ދައުލަތުގެ ކުންފުންޏަކުން ހިންގި އެންމެ ބޮޑު ޚިޔާނާތް އޮޑިޓަރު ޖެނެރަލް ހާމަކޮށްފި

26 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ފެނަކައިގެ ޚިޔާނަތް ހިންގިއިރު ކުންފުނީގެ ވެރިއަކަށް ހުރި ސައީދު އަދި ކުރީގެ ރައީސް ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ބޮޑު ޚިޔާނާތް އޮޑިޓަރު ޖެނެރަލް މިރޭ ނެރުއްވި އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިރޭ ވަނީ ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓް ރިޕޯޓެއް އާންމުކޮށްފަ އެވެ. 104 ސަފްހާގެ އެ ރިޕޯޓަކީ އެ ކުންފުނިން މުދަލާއި ޚިދުމަތް ހޯދުން އަދި ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާއި ގުޅޭގޮތުން އޮޑިޓްކޮށް ޢާންމުކޮށްފައިވާ ރިޕޯޓެކެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަން -- ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި އެންމެ ބޮޑު ޚިޔާނާތް ހިންގި ކަމަށް ކުރީން ވެސް ބެލެވިފައި އޮތީ ފެނަކަ އިންނެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި މިއީ ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެންމެ ބޮޑު ޚިޔާނާތެވެ. ފެނަކައިގެ މި ޚިޔާނާތް އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެފްޕީއައިޑީގެ ޚިޔާނާތަށް ވުރެ ވެސް ބޮޑެވެ.

ބީލަމުގެ އުސޫލުން ބޭރުން 2.2 ބިލިއަން ރުފިޔާ

އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ވަނީ ހަވާލުކޮށްފަ އެވެ.

އެއީ ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އެ ގޮތުން ޖުމްލަ 674 އެއްބަސްވުމެއް ބީލަމުގެ އުސޫލުން ބޭރުން ހަދާފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި އެއްބަސްވުންތަކުގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއްގެ އެއްބަސްވުންތައް ހަދާފައި ވަނީ އާންމު އުސޫލުން ބޭރުން މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނު ކުުރުމެއް ނެތި މައިގަނޑު ގޮތެއްގައި ދެތީން ފަރާތަކުން އަގު ހޯދައިގެންނެވެ.

އަދި އެކަން ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނުން ބޭނުން ގޮތަކަށް އެކަމަށް ޚާއްސަ ކޮމެޓީން މަސައްކަތް ހަވާލު ކުރާނެ ބަޔަކު ކުރީން ކަނޑައަޅާ ނިންމުމަށް ފަހު ކަމަށްވެސް ބުނެފައިވެ އެވެ.

ވައްކަން ކުރަން ޤަވާއިދު ވެސް ބަދަލުކުރި

އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރާ ގަވާއިދުގައިވާ ގޮތުން ކުންފުންޏަށް ބޭނުންވާ މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު ޖީއެސްޓީ ނުހިމަނާ 225,000 (ދެ ކައްލަ ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ މަތިވާނަމަ ރާއްޖެއިން އެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދާނަމަ ހޯދަން ވާނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް ހިޔާނާތާއި ވައްކަމަށް މަގު ފަހިކުރުމަށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާނަމަ މި އުސޫލަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ގަވާއިދު ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އާންމު ބީލަމުގެ އުސޫލުން 400 ވުރެ ގިނަ އެއްބަސްވުން

އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ރިޕޯޓްގައި ވަނީ ފެނަކަ ކޯޕަރޭޝަނުން މިދިޔަ ސަރުކާރުގެ ދުވަސްވަރު އާންމު އުސޫކުން ބޭރުން ހަވާލުކުރި މަސައްކަތްތަކާއި ހެދި އެއްބަސްވުންތަކުގެ ތަފްސީލް ވަރަށް ސާފުކޮށް ބަޔާން ކޮށްފަ އެވެ. އެގޮތުން ޖުމްލަ 439 އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. 

އެ އެއްބަސްވުންތަކުގެ އަގު 1,373,126,496 ރުފިޔާއަށް އަރަ އެވެ. މިއީ މިހާތަނަށް ކުންފުންޏަކުން މިފަދަ ގޮތަކަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. 

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި ޚިޔާނާތް ހިންގީ ކަރަންޓް ކޭބަލް ގަތުމާއި ޖަނަރޭޓަރު ސެޓްތައް ގަތުމާއި ޓްރާސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އެކި މަސައްކަތްތައް ހިންގުމުގެ ނަމުގަ އެވެ.

ފެނަކައިގެ ޚިޔާނާތް ކުރުކޮށް

* އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތި

* އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢު

* ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން

* ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން

* ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން

* ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން

އެހެން ކަމުން އެމްޑީޕީ ވެރިކަމުގައި 2018 ން 2023 ށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަން ބެލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު