ENGLISH
30 އޮކްޓޯބަރު 2025
ކަނޑަށް ވެއްޓުނު މީހާ ތިން ދުވަސް ފަހުން ފެނިއްޖެ
25 ސެޕްޓެމްބަރު 2025
|
ކޯސްޓްގާޑުގެ އުޅަނދެއް --
އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ" އިން ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ފެނިްޖެ އެވެ.
އެކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ދެންމެ ވަނީ ޔަގީންކޮށް ދީފަ އެވެ. އެމްއެންޑީއެފުން ބުނީ އެ މީހާގެ ހަށިގަނޑު ކ. ފޭދޫފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ހޯދާފައި ކަމަށެވެ.
އަދި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށް ވެސް ބުންޏެވެ.
އެ މީހާ ކަނޑަށް ވެއްޓުނީ މީގެ ތިން ދުވަސް ކުރީންނެވެ. އޭރުން ފެށިގެން ސިފައިން ދިޔައީ އޭނާ ހޯދަމުންނެވެ.